Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުގެ އަހަރީ ދުވަސް

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

ފުލުހުން ބާރުވެރިކުރުވައި އެބައިމީހުންގެ ގާނޫނީ ޒިންމާ ފުރިހަމައަށް އުފުލުމުގެ މަގު ތަނަވަސްކޮށް ދެއްވާފައިވަނީ ރައީސް ޔާމީން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 31 މާރިޗު 2017 | ހުކުރު 01:34
މިނިސްޓަރ އަޒްލީން: މަގުތައް އަމާން ވެފައިވާކަމަށް ވިދާޅުވި

މިނިސްޓަރ އަޒްލީން: މަގުތައް އަމާން ވެފައިވާކަމަށް ވިދާޅުވި

ދިވެހި ފުލުހުންގެ ތަސައްވަރު ރަނގަޅު ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ދެއްވި އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު, ރައީސް ޔާމީނަށް ވަރަށް ތައުރީފް ކުރެއްވިއިރު، ފުލުުހުންނަކީ ނަމޫނާ ދައްކާ ބަޔަކަށް ވުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ ފުލުހުންގެ ހާލަތު އިންތިހާއަށް ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވަނިކޮށް ފުލުހުން ބާރުވެރިކުރުވައި އެބައިމީހުންގެ ގާނޫނީ ޒިންމާ ފުރިހަމައަށް އުފުލުމުގެ މަގު ތަނަވަސްކޮށް ދެއްވާފައިވަނީ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މިންނެތް މަސައްކަތްޕުޅުން ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކާއި މަގުތައް މިއަދު އަމާން ކުރެވިފައިމިވަނީ ދިވެހި ފުލުުހުންނަށް ރައީސް ޔާމިން ދެއްވި އިރުޝާދާއެކު ދިވެހި ފުލުހުންކުރެއްވި ބުރަ މަަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ އަޒްލީން ވިދާޅުވީ ދިވެހި ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު ބައެއް ކަމަށާއި އެމީހުންނަކީ އަމިއްލަ ނަފްސަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ބައެއް ކަމަށެވެ.

މީގެކުރިން ދިވެހި ފުލުހުން މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ ބަޔަކު މީހުން ފުލުހުންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުުހުންގެ މަސައްކަތްތައް ބަދަލުވެ "ޕްރޮފެޝަނަލް" ވެފައިވަނީ 2013 ވަނަ އަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިޔާ އަޅާބަލާއިރު މިހާރު އަވަހަށް މައްސަލަތައް ނިންމޭ ކަމަށާއި ބޮޑެތި ކުށްތަކަށް އަރައިގަންނަ ނިސްބަތް ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ ފުލުހުންގެ ހިދުމަތް ރައްޔިތުންގެ "އަސްކަނި" ތަކާއި ހަމައަށް ގެންދިއުމަށްޓަކައި 116 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަން މިނިސްޓަރ އަޒްލީން ފާހަގަ ކުރެއްވިއެވެ.

ފުލުުހުން"ޕްރޮފެޝަނަލް" ވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ކަމަށް، ހޯމް މިނިސްޓަރު ވިދާޅުވިއިރު، ރައީސުލްޖޫރިއްޔާއަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ލިބިވަޑައި ނުގަންނަވާ ކަމަށާއި ފުލުހުންގެ މުއައްސަސާ ކޮރަޕްޓްވެފައިވާ ކަމަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންވެ. ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގާނޫނާ ހިލާފު ކަންކަން ކުރާ މީހުން އުޅޭ ކަމަށާއި ފުލުހުންނަކީ ނަމޫނާ ބައެއްކަން ދައްކަންޖެހޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ފުލުހަކު ވެއްޓިގެންދާއިރު، ލެގިލަން ލިބޭ އެއްޗަކީވެސް ޤާނޫނު ކަމަށާއި، ފުލުހުންނަށް ލިބޭ ބާރަކީވެސް ޤާނޫނު ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައިވެސް ޤާނޫނާއި ހިލާފު ކަންތައްތައް ކުރާ ފުލުހުން ތިބޭކަމަށް ރައީސް ޔާމީން ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު