Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހައްޔަރުކުރުން

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

ޝީލްޑްތަކުގެ ކުރިމަތީގައި ދެ ބޭފުޅުން ސާބިތުކަމާއެކު ތިއްބެވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 18:46
މުޒާހަރާގެ ކުރީ ސަފުގައި ޔުމްނާ މައުމޫނާއި ފާރިސް މައުމޫން

މުޒާހަރާގެ ކުރީ ސަފުގައި ޔުމްނާ މައުމޫނާއި ފާރިސް މައުމޫން

ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި އިރު އެމަނިކުފާނުގެ ދަރިދަރިކަލުންނާއި ކަނބަލުން ފެނިގެން ގޮސްފައި ވަނީ ވަރަށް މަޑުމައިތިރި ބޭފުޅުންގެ ގޮތުގައެވެ. ސިޔާސީ މަގާމުތައް އަދާކުރެއްވި ނަމަވެސް ސިޔާސީ ކަންކަމުގެ ކުރީ ސަފުގައި މާ ބޮޑަށް ފެނިގެން ގޮސްފައެއް ނުވެއެވެ. ހާއްސަކޮށް މުޒާހަރާތަކުންނެވެ. ނަމަވެސް ގައުމުގެ ހާލަތު ބަދަލުވެ އިދިކޮޅު ފަރާތްތަކާ އެކު ރައީސް މައުމޫނު އަތްގުޅާލެއްވުމާ އެކު އެމަނިކުފާނުގެ ފަހަތުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ އަހްމަދު ފާރިސް މައުމޫނާއި ޔުމްނާ މައުމޫނު ވަނީ ފުރަތަމަ ފަހަރަށް އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވަޑައިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތުޖެހުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހާއެކު މާލެގެ އެކި ސަރަހައްދުތަކަށް އާންމުން އެއްވެ، ޝުއޫރު ފާޅުކޮށް އިހުތިޖާޖްތައް ކުރިއަށްގެންދިޔައިރު، މީގެ ކުރިން އެއްވެސް ގޮތެއްގައި މުޒާހަރާއަކުން ފެނިގެންގޮސްފައިނުވާ ދެ ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި، ޔުމްނާ މައުމޫނު ވެސް ވަނީ ސަލްސާ ރޯޔަލް ސަރަހައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާއިން ފެނިގެންގޮސްފަ އެވެ. ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ 30 އަހަރު ދުވަހުގެ ވެރިކަމުގެ ތެރެއިންނާއި، އޭގެ ފަހުން ވެސް ރެާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކުގެ ތެރޭގައި އެމަނިކުފާނުގެ ބޭފުޅުން މުޒާހަރާތަކުގައި ހަރަކާތްތެރިވި މަންޒަރު ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ހުކުރު ދުވަހުގެ މުޒާހަރާގައި އެ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔައީ، ތަފާތު މަންޒަރެއް، އެބޭފުޅުންނަށް ކުރެއްވުނީ ވެސް ތަފާތު ތަޖުރިބާއެކެވެ.

ފުލުހުން އެއްވުމުގެ ބައިވެރިން ފަހަތަށްޖެއްސުމެއް ޝީލްޑްތައް ޖަހަމުން، ކޮއްޕަމުންގެންދިޔައިރު، އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކުގައި ހުންނެވީ ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އެވެ. ގާސިމް މިނިވަންކުރުމަށް ގޮވާލައި ޝުއޫރުތައް ލިޔެފައިވާ ފޮޓޯތަކާ އެކުއެވެ. ޕޭޕަރ ސްޕްރޭ ޖަހައި، ބާރުގެ ބޭނުންކުރިއިރު ވެސް އެއްވުމުގައި ސާބިތުކަމާ އެކު ދެ ބޭފުޅުން ތިއްބެވި އެވެ. އާންމު ރައްޔިތުންނާއެކު، އެއް ތަޖުރިބާއެއް ކުރެއްވި އެވެ.

މިއީ ދެ ބޭފުޅުންގެ ހަޔާތުގައި ވެސް ޕޭޕަރ ސްޕެރާ އާއި، ޝީލްޑްތަކާއި ދެ ބެފުޅުން ވެސް ކުރިމަތިލެއްވި ފުރަތަމަ ފަހަރު އެވެ. ނަމަވެސް ދެ ބެފުޅުން ސާބިތުކޮށްދެއްވީ މާޒީގައި މުޒާހާރާއެއްގައި ނުވަތަ އެއްވުމެއްގައި ބައިވެރިވެފައި ނެތް ނަމަވެސް އަދި އެފަދަ ތަޖުރިބާއެއް ކުރެވިފައިނެތް ނަމަވެސް އެ ދެ ބޭފުޅުން މިއަދު ތިއްބެވި ސާބިތުކަމެވެ. އަދި ރައްޔިތުންނާ އެކު ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ވެސް ސާބިތުކަމާއެކުގައި ތިއްބެވި ކަމަށް ދެ ބޭފުޅުން ސާބިތުކޮށްދެއްވި އެވެ. ޤައުމު އިސްލާހުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގައި ސާބިތުކާއެކު ދެމި ތިއްބިވިކަން އެ ދެބޭފުޅުން ހާމަކޮށްދެއްވި އެވެ.

ރައީސް މައުމޫނުގެ ހަތަރު ބެފުޅުންގެ ތެރެއިން، ފާރިސް މައުމޫނު އަދި ޔުމްނާ މައުމުނު އެއްވުމުގެ ކުރީ ސަފުން ފެނިގެންދިޔަ ނަމަވެސް، އަނެއް ދެބޭފުޅުން އަދިވެސް މަސައްކަތްކުރައްވަމުންގެންދަވަނީ ބައްޕާފުޅުގެ ވިސްނުންފުޅާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުގައެވެ. އެގޮތުން ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫނު މިހާރު ހުންނެވީ ހެލްތު މިނިސްޓްރީގެ ނައިބްކަމުގެ މަޤާމުގައެވެ. އަދި ޤައްސާން މައުމޫނު ހުންނެވީ ރައީސް އޮފީހުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު