Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރުސީއެމް

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

ހިލޭ ގުޅޭ ނަންބަރަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހަުގެ ނިޔަލަށް ޖުމްލަ 1062 ކޯލް ލިބި 147 އާ މައްސަލަ ހުށަހެޅިފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 13 މާރިޗު 2017 | ހޯމަ 13:42
އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓް ނެރުނުގެ ރަސްމީއްޔާތު

އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓް ނެރުނުގެ ރަސްމީއްޔާތު

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު ކަމަށް ހިއުމަން ރައިޓސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން ނެރުނު އެ ކޮމިޝަންގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މައްސަލަތަކުގެ ތެރެއިން 61 މައްސަލައަކީ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބަލާފައިވާ މައްސަލަތަކެވެ.

Advertisement - newsAdvertisement

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮމިޝަން އަށް ހުށަހެޅުނު 533 މައްސަލައިގެ ތެރެއިން 309 މައްސަލަ ވަނީ ބަލައި ނިންމާފައެވެ. އަދި މި މައްސަތަކުގެ ތެރެއިން 25 މައްސަލަ ހުށަހެޅިފައި ވަނީ ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށް ކަމަށާއި އެ މައްސަލަތރަކުގެ ތެތެއިން 17 މައްސަލަ ބަލައި ނިމިފައިވާ ކަމަށް އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރު އެޗްއާރުސީއެމް އަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހެޅިފައި ވަނީ ބޯހިޔާވެހިކަމުގެ ހައްގު ގެއްލިގެންނެވެ. އެގޮތުން ބޯހިޔާވެހިކަމާ ގުޅޭ 138 މައްސަލަ މިދިޔަ އަހަރު އެޗްއާރުސީއެމް އަށް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި

  • ބަންދުކުރެވޭ ފަރާތްތަކާ ގުޅުން ހުރި 42 މައްސަލަ
  • ގައިދީންގެ ހައްގުތަކާ ގުޅުން ހުރި 64 މައްސަލަ
  • އިންސާނީ އަދި އިޖުތިމާއި ހައްގުތަކާ ގުޅުންހުރި 35 މައްސަލަ
  • ޝަރުއީ ދާއިރާއާ ގުޚޅުންހުރި ހައްގުތައް ގެއްލިގެން 26 މައްސަލަ
  • ބިދޭސީންގެ ހައްގުތައް ގެއްލިގެން 25 މައްސަލަ
  • މަސައްކަތް ކުރުމުގެ ހައްގު ގެއްލިގެން 26 މައްސަލަ
  • އެނގެނުމުގެ ހައްގާ ގުޅުންހުރި 6 މައްސަލަ
  • އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބިގެން 68 މައްސަލަ
  • އުމުރުން ދުވަސްވީ މީހުންނާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅުން ހުރި 13 މައްސަލަ
  • އަންހެނުންގެ ހައްގުތައް ގެއްލިގެން ހަތް މައްސަލަ
  • ކުޑަކުދިންގެ ހައްގުތައް ގެއްލިގެން 50 މައްސަލަ

ލާއިންސާނީ އަނިޔާއާ ގުޅުންހުރި 33 މައްސަލަ ހުށަހެޅިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

  • އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު އެ ކޮމިޝަން ބަލަމުން ދިޔަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ
  • ބަންދު ކުރެވޭ ފަރާތްތަކާ ގުޅުންހުރި 40 މައްސަލަ
  • ގައިދީންގެ ހައްގުތަކާ ގުޅުންހުރި 75 މައްސަލަ
  • އިގްތިސާދީ އަދި އިޖުތިމާއި ހައްގުތަކާ ގުޅުންހުރި 16 މައްސަލަ
  • ޝަރުއީ ދާއިރާއާ ގުޅުންހިރި ދެ މައްސަލަ
  • ބިދޭސީންގެ ހައްގުތަކާ ގުޅުން ހުރި 9 މައްސަލަ
  • މަސައްކަތް ކުރުމުގެ ހައްގު ގެއްލިގެން 6 މައްސަލަ
  • އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެން ހުށަހެޅިފައިވާ 72 މައްސަލަ އަމުރުން
  • ދުވަސްވީ މީހުންނާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކާ ގުޅުން ހުރި 21 މައްސަލަ
  • އަންހެންގެ ހައްގުތަކާ ގުޅުން ހުރި ފަސް މައްސަލަ
  • ކުޑަކުދިންގެ ހައްގުތައް ގެއްލިގެން ހުށަހަޅާފައިވާ 125 މައްސަލަ

މީގެ އިތުރުން ލާ އިންސާނީ އަނިޔާއާ ގުޅުން ހުރި އެއް މައްސަލަ ބަލުމްދާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

އެޗްއާރުސީއެމް އިން ހޯމަ ދުވަހު ނެރުނު އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންސާނީ ޙައްގެއް ގެއްލިގެން، ނުވަތަ ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި ފަސޭހައިން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށްޓަކައި 2010 އަހަރުގެ ޖުލައި މަހުން ފެށިގެން ޤާއިމްކޮށްފައިވާ ހިލޭ ގުޅޭ ނަންބަރަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޖުމްލަ 1،062 ކޯލް ލިބި 147 އާ މައްސަލަ ހުށަހެޅިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު