Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯޓާސް ލިސްޓް

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

ސޮއި ކުރެވޭނީ އެއް ލިސްޓެއްގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 18 އެޕްރީލު 2017 | އަންގާރަ 13:05
ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން

ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބުގައި، ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ލިސްޓްގައި ސޮއި ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ޖުމްހޫރީ ޕާޓީން ދެކޮޅު ހެދީ ލިސްޓުތަކުގައި ސޮއި ކުރުމަށް އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ދިއުމަށް ފަހު، އެ ކޮމިޝަނުން ތަފާތު ތިން ލިސްޓެއް ގެންގުޅޭ ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ޖޭޕީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ބުނީ، ވޯޓާސް ލިސްޓްގައި ސޮއިކުރެވޭނީ، ކޮންމެވެސް ސައްޚަ އެއް ލިސްޓުގައި ކަމަށެވެ. އެހެންނަމަވެސް ޖޭޕީން ބުނީ، އީސީން ތަފާތު ތިން ލިސްޓެއް ގެންގުޅޭތީ، އެއީ ކޮން ތިން ލިސްޓެއްކަން ސާފު ނުވާހާ ހިނދަކު ވޯޓާސް ލިސްޓްގައި ސޮއިކުރެވެން ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސޮއި ކުރެވޭނީ އެއް ލިސްޓެއްގައި. އެކަމަކު އެބަދޭ ތަފާތު ތިން ލިސްޓެއް. ކީއްކުރަން ގެންގުޅޭ ތިން ލިސްޓެއްތޯ؟ އެހެންވީމަ ކޯންޗެއްކަން ނޭނގި އެގޮތަކަށް އަދި ސޮއެއް ނުކުރެވޭނެ،" ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އެއް ލިސްޓުގައި މީހުންގެ ފޮޓޯއާއި ހުރިހާ މައުލޫމާތެއް ހުއްޓެވެ. ދެވަނަ ލިސްޓުގައި ފޮޓޯއާއި ނަން ހުރި އިރު ތިން ވަނަ ލިސްޓުގައި އޮތީ ހަމައެކަނި ނަން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ވޯޓަސް ލިސްޓުގައި ސޮއި ކުރުމަށް ޖޭޕީން ދެކޮޅު ހަދާފައިވާ އިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ.

އެމްޑީޕީން ބުނެފައިވަނީ، ވޯޓާސް ލިސްޓުގައި ތިބި މީހުންގެ އައީޑި ނަންބަރު އެނގެން ނެތް ކަމަށާއި ވޯޓުލާ މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ. އަދި އެ ލިސްޓުގައި ސޮއި ކުރި ނަމަވެސް ވެރިފައި ވެގެން އަންނާނީ އެ ލިސްޓު ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓާސް ލިސްޓް އައީ ފޮޓޯއާ އެކުގައި ކަމަށާއި، މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިހާބެއްގައި އެންމެ ބޮޑަށް ސިއްރު ކުރަން ޖެހެނީ ވޯޓުލާ މީހާއެއް ނޫން ކަމަށެވެ. އެހެންވީމަ ވޯޓުލާ މީހާ މިހާ ބޮޑަށް ސިއްރު ކުރުމުގައި ވާ ސިއްރަކީ ކޮބައިތޯ އެމްޑީީޕީން ވަނީ ސުވާލު އުފައްދާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ ތާރީހު ވަނީ ތިން ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ފަހަރު ފަސްކުރިއިރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ގައެވެ. ނަމަވެސް ސްވައިން ފްލޫގެ ސަބަބުން އިންތިހާބު އަންނަ މެއި މަހުގެ 6 ވަނަ ދުވަހަށް ފަސްކުރެވިގެން ދިޔައެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި 1،505 ކެންޑިޑޭޓުން ވާދަ ކުރާއިރު، އޭގެ ތެރެއިން 1،127 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން ވާދަކުރަނީ 378 ކެނޑިޑޭޓުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު