Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެލެންސިއާގެ ކޯޗު ވަކިކުރުން

ވެލެންސިއާގެ ކޯޗުގެ މަގާމުން ސެލަޑެސް ވަކިކޮށްފި

ސްޕޯޓިންގ ޑިރެކްޓަރު ސެޒާ ސަންޗޭޒް ވަނީ މަގާމުން އިސްތިއުފާ ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖޫން 2020 | އަންގާރަ 10:04
ވެލެންސިއާގެ ކޯޗު އަލްބާޓް ސެލަޑެސް: އޭނާ މަގާމުން ވަކިކުރީ ހޯމަ ދުވަހު

ވެލެންސިއާގެ ކޯޗު އަލްބާޓް ސެލަޑެސް: އޭނާ މަގާމުން ވަކިކުރީ ހޯމަ ދުވަހު

ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ ވެލެންސިއާގެ ކޯޗުގެ މަގާމުން އަލްބާޓް ސެލަޑެސް ވަކިކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެލެންސިއާއާ ހަވާލުވި ސެލަޑެސް މަގާމުން ވަކިކުރީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެއާއެކު އެޓީމުގެ ސްޕޯޓިންގ ޑިރެކްޓަރު ސެޒާ ސަންޗޭޒް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

މިއީ 2014 ވަނަ އަހަރު ސިންގަޕޫރުގެ ބިލިއަނަރު ޕީޓާ ލިމް ވެލެންސިއާ ގަތް ފަހުން އެ ކްލަބުން ވަކިކުރި ހަވަނަ ކޯޗެވެ. އަދި މިއީ މި މުއްދަތުގައި އެ ޓީމުގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމު ހުސްވި ހަވަނަ ފަހަރެވެ.

ވެލެންސިއާގެ ކޯޗުގެ މަގާމުން ސެލަޑެސް ވަކިކުރިއިރު، އެޓީމުން ވަނީ އޭނާގެ އިރުޝާދުގެ ދަށުން 41 މެޗު ކުޅެފައެވެ. މީގެ ތެރެއިން 15 މެޗުން މޮޅުވެފައިވާއިރު، 14 މެޗުން ވަނީ ބަލިވެފައެވެ. އަދި އަނެއް 12 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ވެލެންސިއާގެ ކޯޗުގެ މަގާމުން އުމުރުން 44 އަހަރުގެ ސެލަޑެސް ވަކިކުރުމާއެކު، މި ސީޒަނުގެ ބާކީ އޮތް ބައިގައި އެޓީމަށް އިރުޝާދުދޭނީ ވޯރޯ ގޮންޒާލްވޭޒްއެވެ. މިއީ އޭނާ ވަގުތީ ގޮތުން ވެލެންސިއާއާ ހަވާލުވި ހަވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވެލެންސިއާއާ ވޯރޯ ހަވާލުވީ 2008 ވަނަ އަހަރު އޭރުގެ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ވަކިކުރުމާ ގުޅިގެންނެވެ. އެފަހަރު ވޯރޯ ވަނީ ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ސަލާމަތް ކޮށްދީފައެވެ.

ސެލަޑެސް އަކީ ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ސްޕެނިޝް ލީގު އަލުން ފެށި ފަހުން، އެ ލީގުގެ ކްލަބަކުން ވަކިކުރި ތިންވަނަ ކޯޗެވެ. މީގެ ކުރިން ރެއާލް ބެޓިސްއިން އެޓީމުގެ ކޯޗުގެ މަގާމުން ޖޮއާން ފްރާންސެސް (ރުބީ) ވަކިކުރިއިރު، ދާދި ފަހުން އެސްޕަންޔޯލްއިން ވަނީ އެޓީމުގެ ކޯޗުގެ މަގާމުން އަބެލާޑޯ ފެނާންޑޭޒް ވަކިކޮށްފައެވެ.

ސްޕެނިޝް ލީގުގެ ތާވަލުގެ އަށްވަނައިގައި އޮތް ވެލެންސިއާއިން ލީގުގައި ދެން މެޗެއް ކުޅޭނީ ބުދަ ދުވަހުގެރޭއެވެ. އެރޭ ވެލެންސިއާ ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި

13 އެޕްރީލު 2017
ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
08 އެޕްރީލު 2017

ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި

08 އެޕްރީލު 2017
ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު