Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި

ވެލެންސިއާ އޮތީ އެއް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 8 އެޕްރީލު 2017 | ހޮނިހިރު 00:05
ވެލެންސިއާއާ ދެކޮޅަށް ނިއު އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހި ގަލާޑޯ

ވެލެންސިއާއާ ދެކޮޅަށް ނިއު އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހި ގަލާޑޯ

ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯ ވާލްޑޭޒްގެ ލަނޑުން ކްލަބް ވެލެންސިއާގެ ހިތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުދިކުދި ކޮށްލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ވެލެންސިއާއާ ވާދަކޮށް ނިއު އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައި ވަނީ ނިއު އިންނެވެ. އެހެންނަމަވެސް ވެލެންސިއާ އިން ވަނީ މެޗުގެ ކޮންޓްރޯލް ވަކި ހިސާބަކުން ހޯދާ ނިއުގެ ހާފަށް ބާރުބޮޑުކޮށް، ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ނިއުގެ ގަލާޑޯ އަށް މެޗުގެ 26 ވަނަ މިނެޓުގައި ލަނޑު ޖެހުމަށް ހުސް ފުރުސަތެއް ލިބިފައިވާއިރު، އޭނާ ފޮނުވާލި އެ ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ވެސް ނިއު އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން 28 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާ ހިމެނެއެވެ. އެ ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މި ހަމަލާތަކަށް ފަހު ވެސް ނިއު އަށް ވަނީ ލީޑު ނެގުމަށް އިތުރަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން 35 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ މާކޮވިޗް ސްޓެވާން ފޮނުވާލި ހަމަލާ ހިމެނެއެވެ. އޭނާ ބޮލުން ހުހަށް ހުރެ ފޮނުވާލި މި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފް 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ވަނީ ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ނިއު އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން 52 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ދިފާއުކުރިއިރު، 56 ވަނަ މިނެޓުގައި ހަމްޒާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކަރިން ބޭރަށެވެ.

ނިއު އިން މެޗުގެ ލީޑު ނަގާ ވެލެންސިއާގެ ހިތް ކުދިކުދިކޮށްލީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގަލާޑޯ އެވެ. ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ދިފާއުކުރުމުން ރީބައުންޑުގައި ގަލާޑޯ އަށް މުޅިން ހުހަށް ލިބުނުއިރު، އޭނާ ވަނީ ހަމަޖެހިލާފައި ގޯލުތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައި ވެލެންސިއާގެ އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ވެސް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން 85 ވަނަ މިނެޓުގައި ވެސްޓް ހުރަސްކޮށްދިން ބޯޅަ ރިލްވާން އަށް ހުހަށް ލިބިފައިވާއިރު އޭނާ ފައިގައި ބޯޅަ ލައްވާނުލި އެވެ.

މީގެ އިތުރުން މެޗުގެ އިތުރުވަގުތުގައި ވެލެންސިއާގެ ވެސްޓް ގޮޑްފްރޭ ވަނީ ނިއުގެ އޭރިޔާ ތެރެއަށް ވަދެ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ނިއު ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު