Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލެ ލީގު

ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެލެންސިއާގެ މުހަނމަދު ޝިފާން އަށް ވަނީ ރަތް ކާޑު ދައްކާފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 01:15
އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އަހުމަދު ނާޝިދު (ނައްޓޭ)ގެ އެނބުރި އައުމާއެކު ވެލެންސިޔާގެ މައްޗަށް ކްލަބު އީގަލްސް އިން ކުރި ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 3-0 ނަތީޖާއަކުންނެވެ. މެޗު ފެށިގެން ވެލެންސިއާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަމަވެސް އީގަލްސްއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެށް ކާމިޔާބުކޮށް ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗުގެ 3 ވަނަ މިނެޓުގައި އަންސަރު އިބްރާހިމް އެވެ. އޭރިއާގެ ތެރެއިން އާންކޮ އަށް ލިބުނު ބޯޅަ އެނާ ގޯލުގެ ތެރެއަށް ފޮނުވާލީ ވެލެންސިއާގެ ޑިފެންޑަރެށް ކައިރިން ނައްޓާލުމައްފަހު އެވެ.

މި ލަނޑައްފަހުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައި އީގަލްސްއިން ނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ރިޒްވާން އަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެށް ލިބި ބޭކާރު ވެފަ އެވެ، އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްއިން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާ ކޮއްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗުގެ 29 ވަނަ މިނެޓުގައި އެޓީމުގެ އިތުބާރުހުރި ފޯވާޑް އަހްމާދު ނާޝިދު ނާއްޓެ އެވެ. ކުޅުމާއި ދުރުގައި ހުރުމައްފަހު ނާއްޓެ ވަނީ ބުދަދުވަހުގެ މެޗުގައި މޮލު ކުޅުމެށް ދައްކާފަ އެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް އީގަލްސްއިން ކޮންޓްރޯލް ކުރަމުން ދިޔައިރު ވެލެންސިއާއަށް އެޓީމުގެ ފުރަތަމަ ހަމަލާ އުފެއްދޭވަރުވީ މެޗުގެ 33 ވަނަ މިނެޓުގަ އެވެ. ނަމަވެސް މި ހަލާގެ ހުރަހަކައްވީ އީގަލްސްގެ ހުޝިޔާރު ގޯލް ކީޕަރު ސުޖަން ޕެރޭރާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އީގަލްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް އީގަލްސްއިން ވަނީ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެށް އުފައްދާފަ އެވެ. އެގޮތުން އެޓީމުން ވަނީ 53 ވަނަ މިނެޓުގައި 3 ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާ ކޮއްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ނައުފަލް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޑިފެންސް ލައިނުން ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

މެޗުން މޮޅުވި އީގަލްސް އޮތީ ޖުމްލަ 4 މެޗު ކުޅެގެން ލިބުނު 7 ޕޮއިންޓާ އެކު ތާވަލުގެ ދެވަނާ ގައެވެ. މެޗުން ބަލިވި ވެލެންސިއާވެސް ލީގުގައި 4 މެޗު ކެޅެފައިވާއިރު އެޓީމު އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ 7 ވަނައިގަ އެވެ. އެއްވަނާގައ އޮތީ ކުޅުނު 3 މެޗުވެސް ކާމިޔާބުކޮއްގެން 9 ޕޮންޓާ އެކު ނިއުރޭޑިއަންޓެވެ. ތިންވަނާގައި އޮތް ޓީސީއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އެޓީމު މިހާތަނަށް ލީގްގައި ކުޅެފައިވަނީ 2 މެޗެވެ. ޓީސީ އާއި ދެވަނާގައި އޮތް އީގަލްސް އާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. އެހެންކަމުން ބުދަ ދުވަހުގެ ރޭ ކުޅޭ މެޗަށްފަހު ތާވަލަށް ބަދަލު އައުން އެކަށީގެން ވެއެވެ. ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު