Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޭގައި ކަރަންޓީނު ކުރުން

ކަރަންޓީނުގައި ތިބޭ ގެތަކުގެ މީހުންނަށް މިހާރު ބޭރަށް ނިކުމެވޭނެ

13 ޖޫން 2020 | ހޮނިހިރު 07:43

ކަރަންޓީނު ކުރާ މީހުންނަކީ ކޮވިޑުގެ އެއްވެސް އަލާމާތެއް ނެތް ބަޔަކަށް ވާން ޖެހޭނެ

އަލީ ސަމާޚް
އަލީ ސަމާޚް | 13 ޖޫން 2020 | ހޮނިހިރު 07:43
މާލޭގެ މަގެއްގެ މަތި - ގޭގައި ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 24 ދުވަސް

މާލޭގެ މަގެއްގެ މަތި - ގޭގައި ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 24 ދުވަސް

މޮނިޓަރިންގެ ހާލަތަށް ގެންނަ ގެތަކުގައި ދިިރިއުޅޭ ފަރާތްތަކަށް ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނިކުމެ އުޅުމުގެ ހުއްދަދޭ ގޮތަށް ހަމަޖައްސައި، ގޭގައި ކަރަންޓީނުވުމުގެ އުސޫލަށް އިސްލާހު ގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ، މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީނުވުމުގެ އުސޫލު އިސްލާހުކޮށްފަ އެވެ. އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، ކަރަންޓީނު ކުރެވިފައިވާ މީހާ ނޫން އެހެން މީހުންނަށް ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ބޭރަށް ނިކުމެވޭނެ އެވެ.

Advertisement - newsAdvertisement

އެކަމަކު އެހެން ގޭގެ އަށް ޒިޔާރަތް ނުކުރުމަށާއި، އިތުރު މީހުންނާ އެއްވެ ނޫޅެން ހުކުރު ދުވަހުގެރޭ އެޗްޕީއޭއިން އާއްމުކޮށްފައިވާ އިސްލާހުގައި ބުނެ އެވެ. އެޗްޕީއޭއިން ބުނީ، ގޭގައި ކަރަންޓީނު ކުރެވޭ މީހުންނަކީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގައި، ކަރަންޓީނުކުރާ މީހަކު ހުންނަ ގެއެއްގެ މީހުން ބޭރަށް ނިކުންނަން ބާރެއް ނާޅަ އެވެ. އަދި ކުރިން މީހުން ކަރަންޓީނު ކުރަމުން ދިޔައީ ސަރުކާރުން ހަމަޖައްސާ ތަންތަނުގައި އެވެ.

ގޭގައި ކަރަންޓީނުގެ މުއްދަތަކީ 24 ދުވަހެވެ.

ރަށްރަށުގައި ކަރަންޓީނުވާން ބޭނުންވާ މީހުން ހުންނަން ހުށައަޅާ ގެއަކީ ކަރަންޓީނުގެ އުސޫލުތަކަށް ފެތޭ ތަނެއްތޯ ކައުންސިލުން ޔަގީންކުރަން ޖެހެ އެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ އައުމުގެ ކުރިން ކަރަންޓީނުވާން ބޭނުންވާ ގޭގެ މައުލޫމާތު މެއިލް މެދުވެރިކޮށް ފޮރިން މިނިސްޓްރީއާ ހިއްސާކުރަން އެޗްޕީއޭއިން ވަނީ އެދިފައި އެވެ.

މާލޭގެ ލޮކްޑައުން އަށް ވަނީ މިހާރު ބޮޑެތި ލުއިތަކެއް ދޭން ފަށާފަ އެވެ. އެގޮތުން ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްދަ ނެތި ގިނަ ވަގުތުތަކެއް ބޭރުގައި އުޅުމުގެ ހުއްދަ ދޭން ނިންމައި އެކަން ވަނީ އިއުލާން ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް