Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: ބްރެޒިލްގެ ހާލަތު

ބުރާސްފަތި ދުވަހު ބްރެޒިލްއިން ރެކޯޑް އަދަދަކަށް ކޮވިޑް-19ށް މީހުން ޕޮޒިޓިވް ވެއްޖެ!

ބްރެޒިލްގައި މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވަނީ 438،312 މީހުންނަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 29 މެއި 2020 | ހުކުރު 07:35
ބްރެޒިލްގެ ރައީސް ފުރަބަންދު އުވާލުމަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ބްރެޒިލްގެ ރައީސް ފުރަބަންދު އުވާލުމަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ބްރެޒިލްގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވި ދުވަހަކީ ބުރާސްފަތި ދުވަސް (އިއްޔެ) ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަށް ރިޕޯޓުކުރާ ގޮތުން، ބުރާސްފަތި ދުވަހު އެކަނި 26،417 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވާއިރު، މިއީ ހަލުވިކަމާއެކު އެ ގައުމުގައި ބަލި ފެތުރެން ފެށި ފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށެވެ. އެއާއެކު އެ ގައުމުން ކޮވިޑް-19ށް ޖުމުލަ 438,812 (ހަތަރު ލައްކަ ތިރީސް އަށްހާސް އަށްސަތޭކަ ބާރަ) މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިވަގުތު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ބްރެޒިލް ހިމެނެއެވެ.

ފާއިތުވެދިޔަ 24 ގަޑި އިރު ތެރޭގައި 1،156 މީހަކު ބަލިޖެހިގެން މަރުވެ، ބަލި ޖެހިގެން ޖުމުލަ މަރުވި މީހުންގެ އަދަދު 26،754ށް އަރާފައިވާކަމަށް ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދާއިރު ވައިރަސް ކޮންޓްރޯލް ކުުރުމަށް އެ ގައުމުގެ ރައީސް ޖައި ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ނުވާތީ އެ ގައުމުގެ އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު ރައީސަށް އަންނަ އިންތިޚާބު ކާމިޔާބު ވުމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ބޮލްސޮނާރޯ ވަނީ ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމަށްވާ އިޖުތިމާޢީ ގައިދުރުކަން ގެންގުޅުން ފަދަ ކަންކަމަށް ތަކުރާރުކޮށް ދެކޮޅު ހައްދަވާ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ސިއްހީ މާހިރުން އެ ބޭހެއް ބޭނުންކުރުން ރަނގަޅުނޫން ކަމަށް އިރުޝާދު ދެމުން ގެންދަވާ އެންޓި މެލޭރިޔާ ބޭސް ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ބޭނުންކުރުމަށް ތަކުރާރުކޮށް ގެންދަވަނީ އިރުޝާދު ދެއްވާ އެމަގަށް ކަންކުރެއްވުމަށް ބާރު އަޅުއްވަމުންނެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ގައުމަށް ބްރެޒިލް ވަނީ ވެފައެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު