Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު އެއާވޭސް

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

ފްލައިޓް ކިއުއާރު 920 އޯކްލޭންޑްގައި ޖައްސާފައިވަނީ ފުރިތާ 16 ގަޑިއިރާ 23 މިނެޓަށްފަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 ފެބުރުއަރީ 2017 | އަންގާރަ 11:32
ފްލައިޓް އޯކްލޭންޑްގައި ޖައްސާފައިވަނީ ފުރިތާ 16 ގަޑިއިރާ 23 މިނެޓަށްފަހު

ފްލައިޓް އޯކްލޭންޑްގައި ޖައްސާފައިވަނީ ފުރިތާ 16 ގަޑިއިރާ 23 މިނެޓަށްފަހު

ގަތަރު އެއާވޭސްއިން ބުނާ ގޮތުން، އެއްވެސް މަޑުނުކޮށްކުރާ ދުނިޔޭގެ އެންމެ ދިގު ވައިގެ ދަތުރު އެ އެއާލައިނުން ދޯހާއާ އޯކްލޭންޑާ ދެމެދުފަށައިފިއެވެ.

އެ އެއާލައިނުން މިކަން އިއުލާނުކުރީ ދޯހާއިން އޯކްލޭންޑަށް އިތުރު އެއްވެސް މަންޒިލެއްގައި މަޑުނުކޮށް އެއާލައިނުން ދަތުރުކުރި ފުރަތަމަ ފްލައިޓް ޖެއްސުމަށްފަހުއެވެ.

ފްލައިޓް ކިއުއާރު 920 އޯކްލޭންޑްގައި ޖައްސާފައިވަނީ ފުރިތާ 16 ގަޑިއިރާ 23 މިނެޓަށްފަހު ހޯމަ ދުވަހުއެވެ.

މިއީ ލަފާކުރެވުނުވަރަށްވުރެ ތަންކޮޅެއް އަވަސް ވަގުތެކެވެ.

ބޯއިންގ 777-އެލްއާރު 200ގެ މި ބޯޓް ޖެއްސުމާއެކު ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަގާފަތާ އެއްގޮތަށް ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުންވަނީ ފެންހޮޅިން ފެން ޖަހާފައެވެ.

ގަތަރު އެއާލައިންގެ އާ މަންޒިލަކީ ވަގުތުގެ ގޮތުން ބަލާއިރު އެންމެ ގިނަ ވަގުތު ހޭދަވާ މަންޒިލް ކަމަށްވީ ނަމަވެސް 14،535 ކިލޯމީޓަރުގެ މި ދަތުރަކީ ދުރުމިނުގެ ގޮތުން އެންމެ ދިގު ދަތުރެއް ނޫނެވެ.

އެއާއިންޑިއާއިން ބުނާގޮތުގައި އެ އެއާލައިނުން ދިއްލީއިން ސެންފްރެންސިސްކޯއަށް ކުރާ ދަތުރަކީ 15،127 ކިލޯމީޓަރުގެ ދިގުމިނުގެ ދަތުރެކެވެ.

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2017

ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން

27 ނޮވެމްބަރު 2017
ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން
06 ނޮވެމްބަރު 2017

އޭޝިއާގެ ދަތުރުގެ ފުރަތަމަ މަންޒިލް ޖަޕާނަށް ޓްރަމްޕް ވަޑައިގެންފި

06 ނޮވެމްބަރު 2017
އޭޝިއާގެ ދަތުރުގެ ފުރަތަމަ މަންޒިލް ޖަޕާނަށް ޓްރަމްޕް ވަޑައިގެންފި
14 ސެޕްޓެމްބަރު 2017

އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް

14 ސެޕްޓެމްބަރު 2017
އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު