Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަށްރަށުގައި ކުޅިވަރު ކުޅުން

ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި

ކޮވިޑް-19 ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވަނީ ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 މެއި 2020 | އަންގާރަ 09:44
ފ. ނިލަންދޫގައި ސަރުކާރުން އެޅީ ޓާފް ދަނޑު: ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވަނީ ދީފައި

ފ. ނިލަންދޫގައި ސަރުކާރުން އެޅީ ޓާފް ދަނޑު: ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވަނީ ދީފައި

ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދޭން ކުޅިވަރާ ބެހޭ ވުޒާރާ އިން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތު ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ. އެއާއެކު މިސްކިތްތައް ހުޅުވާފައިވާ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދި އެކިފަރާތްތަކުން ވަނީ އެދިފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން އަންނާތީ އެކަމާ ގުޅޭގޮތުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންޗީ (އެޗްޕީއޭ) އާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާމެދު އިއުތިރާޒެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

އެކަމަކު ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމަށާއި ގައިދުރުކަމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެގް ޓީމުންނާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ހިމަނާފައެވެ. އަދި ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މޮނިޓަރިންގެ ހާލަތު ނެތް ރަށްތަކުގެ ކުޅިވަރު ކުޅުމުގެއް ހުއްދަ ދިންއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅޭ ތަންތަނާއި މަރުކަޒުތައް މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަންދު ކޮށްފައެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާތަނަށް ރާއްޖެއިން މި ވައިރަހަށް 1،395 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ވައިރަސް ޖެހިގެން ރާއްޖެއިން 4 މީހަކު މަރުވެފައިވާއިރު، 154 މީހަކު ވަނީ ވައިރަހުން ރަނގަޅު ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް

މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް

19 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު