Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައިޑްރޮކްސިކްލޮރޯކުއިން ބޭނުންކުރުން މަނާކުރުން

ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލައިފި

ބޭސް ބޭނުން ކުރުމަކީ ކިހާ ރައްކާތެރިކަމެއްތޯ ކަށަވަރުކުރެވެންދެން ޓްރައަލްތައް މަޑުޖައްސާލާފައިވާ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 މެއި 2020 | ހޯމަ 23:21
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް

ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފި އެވެ.

ހޯމަ ދުވަހު އެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް ވިދާޅުވީ މެލޭރިއާ ބައްޔަށް ދޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ ގުޅަ ބޭހެއް ކަމުގައިވާ ހައިޑްރޮކްސިކްލޮރޯކުއިން ބޭނުން ކުރުމަކީ ކިހާ ރައްކާތެރިކަމެއްތޯ ކަށަވަރުކުރެވެންދެން އެ ބޭހަކީ ކޮވިޑް-19 ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ވަނީ ކްލިނިކަލް ޓްރައަލްތަކަށް ފިޔަވާ، ކޮވިޑް-19 އިން ރައްކާތެރިވުމަށާއި ވައިރަހަށް ފަރުވާ ކުރުމަށް ހައިޑްރޮކްސިކްލޮރޯކުއިން ބޭނުން ކުރުމަށް ލަފާދީފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އިމަރޖެންސީ ޕްރޮގްރާމްގެ ހެޑް މައިކް ރަޔަން ވިދާޅުވީ ގައުމުތަކުން ލޮކްޑައުންއަށް ލުއިތަކެއް ދެމުންދާއިރު، އަދި ވައިރަހުގެ ފުރަތަމަ ރާޅު ނުނިމޭ ކަމަށެވެ. އަދި ވައިރަހުގެ ދެވަނަ ޕީކްއެއް ފެނިދާނެ ކަމުގެ އިންޒާރު ދެއްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2017

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ
24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން
17 މެއި 2017

ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

17 މެއި 2017
ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި
11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު