Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓ

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައިވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ފެބުރުއަރީ 2017 | ބުރާސްފަތި 10:07
ފްލިންގެ އިތުރުން ޓްރަމްޕްގެ ކެމްޕެއިން ޓީމާ އަރިސް އެހެން ބޭފުޅުން ވެސް ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ މުއާމަލާތްތައް ތަކުރާރުކޮށް ކުރައްވާފައިވާކަން އެނގޭ

ފްލިންގެ އިތުރުން ޓްރަމްޕްގެ ކެމްޕެއިން ޓީމާ އަރިސް އެހެން ބޭފުޅުން ވެސް ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ މުއާމަލާތްތައް ތަކުރާރުކޮށް ކުރައްވާފައިވާކަން އެނގޭ

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފުރަތަމަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ރަޝިއާ އާއި އޮތް ގުޅުން ފުޅާދާއިރާއެއްގައި ތަހުގީގުކުރުމަށް ގޮވާލަމުންދާ ގޮވާލުމާ ރިޕަބްލިކަން ޕާޓީގައި އިސްކޮޅޮށް އުޅުއްވާ މެންބަރުންތަކެއް ގުޅިވަޑައިގެންފިއެވެ.

ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އެމެރިކާއިން ރަޝިއާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅާ ބެހޭގޮތުން ފްލިން ރަޝިއާގެ އެމްބަސެޑަރާ ފޯނުން މަޝްވަރާ ކުރެއްވި މައްސަލަ ފެންމަތިވުމުން އޭނާ މަގާމުން އިސްތިއުފާދެއްވީ ހޯމަ ދުވަހުއެވެ.

ވައިޓްހައުސްގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ ރަޝިއާ އެމްބަސެޑަރާ ވާހަކަދެއްކެވި ފޯން ކޯލް ގެ މައުލޫމާތު މީގެ ހަފްތާތަކެއް ކުރިން ރައީސް ޓްރަމްޕްއަށް އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ގޮވާލުމަށް ރިޕަބްލިކަންގެ ފަރާތުން ލިބެމުންދަނީ ފިނި ތަރުހީބެކެވެ.

ރައީސް ޓްރަމްޕްގެ އަރިސް ބޭފުޅުން ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ ވާހަކަ ދައްކަވާފައި ހުރިކަމުގެ އިތުރު ޚަބަރުތަކެއް އަނެއްކާވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި އަރިސް އެހެން ބޭފުޅުން ވެސް ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ މުއާމަލާތްތައް ތަކުރާރުކޮށް ކުރައްވާފައިވާކަން އެނގޭ ފޯން ރެކޯޑިންގ މިހާރުވަނީ ލިބިފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހިނގައިދިޔަ ގުޅުންތަކާ ބެހޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ވައިޓް ހައުސްއަށް އިންޒާރު ދީފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވެއެވެ.

އެ ޑިޕާޓްމަންޓުން ބުނެފައިވަނީ ފްލިން މެދުވެރިކޮށް ރަޝިއާއިން ބްލެކް މެއިލް ކުރުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުންވަނީ ފްލިން ވަކިކުރުމަށް ގޮވާލާފައެވެ.

އެމެރިކާގެ ޚާރިޖީ ގުޅުންތަކާ ބެހޭ ގޮތުން އެހެން ގައުމުތަކާ އަމިއްލަ ފަރުދުން މަޝްވަރާ ކުރުމަކީ މަނާ ކަމެކެވެ.

ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައިވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އިސްތިއުފާގެ ސިޓީގައި ފްލިން ވިދާޅުވެފައި ވަނީ، ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން ހުންނެވި މައިކް ޕެންސްއަށް އެ މައުލޫމާތު އެރުވުނީ ބޭއިޚްތިޔާރުގައި ކަމަށެވެ. އަދި އެ މައުލޫމާތު އެރުވުނީ ފުރިހަމައަށް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު