Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޭމްސް ކޯމޭ

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017 | ބުރާސްފަތި 10:20

ކޯމޭ މިހެން ގޮވާލައްވައިފައި ވަނީ އެފްބީއައިގެ މުވައްޒަފުންނާއި އަދި އޭނާގެ ރަހްމަތްތެރިން ފޮނުއްފި ސިޓީއެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 11 މެއި 2017 | ބުރާސްފަތި 10:20
އެފްބީއައިގެ ކުރީގެ ޑައިރެކްޓާ ޖޭމްސް ކޯމޭ

އެފްބީއައިގެ ކުރީގެ ޑައިރެކްޓާ ޖޭމްސް ކޯމޭ

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް އެފްބީއައިގެ ޑައިރެކްޓާ ކަމުން ވަކިކުރެވުނު ޖޭމްސް ކޯމޭ ގޮވާލައްވައިފިއެވެ.

އެމެރިކާގެ އެތެރޭގެ އިންޓެލިޖެންސް އަދި ސެކިޔުރިޓީ ކަންކަން ބަލަހައްޓާ މައި އިދާރާ ކަމަށްވާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑައިރެކްޓާ ކަމުން ރައީސް ޓްރަމްޕް، ޖޭމްސް ކޯމޭ ވަކިކުރެއްވުމާއި ގުޅިގެން އެފްބީއައިގެ މުވައްޒަފުންނާއި އަދި އޭނާގެ ރަހްމަތްތެރިން ފޮނުއްފި ސިޓީއެއްގައި ވިދާޅުވީ، ރައީސެއްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕަށް އޭނާ ވަކިކުރެއްވުމުގެ ހައްގު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ތާފާތު މިޑިއާތަކުގައި މިހާރު ކޯމޭގެ ސިޓީ އާންމުކޮށްފައިވާއިރު، ކޯމޭގެ ސިޓީގައި އިތުރަށް އޭނާ ވިދާޅުވެފައި ވަނީ، އޭނާ އަބަދުވެސް ގަބޫލުފުޅުކުރައްވާ ގޮތުން، ރައީސަކަށް އެފްބީއައިގެ ޑައިރެކްޓާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންނެ ސަބަބަކާއި ހުރެ ނަމަވެސް ވަކިކުރެއްވިދާނެ ކަމަށާއި އަދި ސަބަބެއްނެތިވެސް ވަކި ކުރެއްވިދާނެ ކަމަށެވެ.

ރައީސް ޓްރަމްޕް، ކޯމޭ މަގާމުން ވަކިކުރެއްވުމުގެ ސަބަބުން ކުއްލި ޝޮކެއް އެމެރިކާގެ ސިޔާސީ މަޝްރަހަށް ލިިބިިގެންގޮސްފައިވާއިރު އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ކޯމޭ މަގާމުން ވަކިކުރެއްވީ އެންމެ ފަހުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަން ގެ އީމެއިލް މައްސަލައިގެ ތަހްގީގު ގެންދެވި ގޮތުން ކަމަށެވެ. އެހެނެްނަމަވެސް ޑިމޮކްރޭޓުން ބުނަމުން ދަނީ ޖޭމްސް ކޯމޭ މަގާމުން ވަކިކުރެއްވީ އެފްބީއައި އިން ތަހްގީގު ކުރަމުންދާ، ރައީސް ޓްރަމްޕާއި ރަޝިއާގެ ގުޅުމުގެ ތުހުމަތުގެ މައްސަލައިގައި ކަމަށެވެ.

ކޯމޭ މަގާމުން ވަކިކުރެއްވިއިރު، މިދޔަ ހަފްތާގައި އެމެރިކާގެ ކޮންގްރެސް އަށް ހިލަރީ ކްލިންޓަންގެ އީމެއިލް މައްސަލައިގައި ކޯމޭ ކުށްމައުލޫމާތު ދެއްވިކަމަށް ހާމަވެފައިވެއެވެ.

ކޯމޭ މަގާމުން ވަކިކުރެއްވިކަން އެންގެވި ސިޓީފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ރައީސް ޓްރަމްޕް އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އާއި އެއްްބަސްވެވަޑައިގެންފައި ވަނީ ކޯމޭއަށް، އެކަށީގެންވާ ގޮތެއްގައި މުައައްސަސާ ހިންގެވުމަށް ނުކުޅެދިފައިވާ ކަމަށެވެ.

ކޯމޭއަށް ފަހު އެފްބީއައިގެ ޑައިރެކްޓާ ކަމަށް ދެން ވަޑައިގަންނަވާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ހާމަކޮށްފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ކޯމޭ މަގާމުން ވަކިކުރެއްވުމުގެ ނޯޓު އޭނާޔާ ހަވާލުކުރެއްވިއިރު އޭނާ ހުންނެވީ ލޮސް އެންޖަލީސް ގައި އެފްބީއައިގެ އެޖެންޓުންތަކަކަށް ތަގުރީރެއް ދެއްވުމަށެވެ.

އުމުރުން 56 އަހަރުފުޅުގެ ކޯމޭގެ މަގާމުގެ ދައުރަކީ 10 އަހަރު ކަމަށްވާއިރު، މަގާމުން ވަކިކުރެއްވިއިރު އޭނާ މަގާމުގައި ދެމި ހުންނަވާތާ ވީ ހަަތަރު އަހަރެެެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް