Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފިލިޕީންސް

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

ފިލިޕީންސް ފުލުހުން ބުނީ އައިއެސް އިން ހަމަލާގެ ޒިންމާ ނެގީ މަޝްހޫރުކަން ހޯދަން ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 2 ޖޫން 2017 | ހުކުރު 20:20
ހަމަލާ ގައި 37 މީހުންނަށް ވުރެ ގިނަ މީހުން މަރުވި

ހަމަލާ ގައި 37 މީހުންނަށް ވުރެ ގިނަ މީހުން މަރުވި

ފިލިޕީންސްގެ ކެސީނޯ އަދި ހޮޓެލް ކޮމްޕްލެކްސްއެއްގައި ހުކުރު ދުވަހު މީހަކު ބަޑިން ހަމަލާ ދިން ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގައިފިއެވެ.

މިހާދިސާ ގައި 37 މީހުންނަށް ވުރެ ގިނަ މީހުން މަރުވިއެވެ. އައިއެސް އިން، އެ ޖަމާއަތުން ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުންޏަސް ފިލިޕީންސްގެ ފުލުހުން އެކަން ގަބޫލުނުކުރެއެވެ. ފުލުހުން ގަބޫލު ކުރާ ގޮތުން މިއީ ޓެރަރިޒަމްގެ އަމަލެއް ނޫނެވެ.

އައިއެސް އިން ބަޑީގެ ހަމަލާގެ ޒިންމާ ނެގިކަން ހާމަކޮށްފައި ވަނީ އެ ޖަމާއަތުގެ ނިއުސް އެޖެންސީ ކަމަށްވާ، އަމަގް އިން ނެރުނު ބަޔާނެއްގައެވެ. އަަައިއެސް އިން ނެރުނު ބަޔާނުގައި ބުނީ، ހަމަލާ ދިނީ "އިސްލާމިކް ސްޓޭޓް ގެ ހަނގުރާމަވެރިން" ކަމަށެވެ. އެހެންނަމަވެސް އެޖަމާއަތުން ކަންކުރާ އުސޫލާ ހިލާފަށް، ހަމަލާ ދިން މީހާ ނުަވަތަ މީހުންގެ ނަމެއް އަދި ފޮޓޯތަކެއް ހާމަކޮށްފައެއް ނުވެއެވެ.

އައިއެސް ިއން ހަމަލާގެ ޒިންމާ ނެގި ނެގުމާއި ގުޅޭގޮތުން ފުލުހުން ބުނީ، އައިއެސް އިން ދައްކާ ވާހަކައިގައި "އެއްވެސް ތެދެއް" އެކުނުލެވޭ ކަމަށެވެ. ފުލުހުން ބުނީ އައިއެސް އަށް ކޮންމެ ކަމެއްގެ ޒިންމާވެސް ނެގިދާނެ ކަމަށާއި އެ ޖަމާއަތް ފާހަގަވެފައި ވަނީ ދުނިޔޭގެ ހިނގާ މިފަދަ ހަމަލާ ތަކުގެ ޒިންމާ ނަގާ، ބައިނަލްއަގްވާމީ ގޮތުން މަޝްހޫރުކަން ހޯދަން އުޅޭތަން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގިނަ މީހުން މަރުވެފައި ވަނީ ކެސީނޯ މޭޒުތަކުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ބޯ ދުމުގެ އަސަރު މީހުންނަށް ކޮށް، ނޭވާ ހާސްވެގެންނެވެ. ހުކުރު ދުވަހު ދަންވަރުގެ ވަގުތެއްގައި "ރިޒޯޓް ވާލްޑް މެނީލާ" އަށް ބަޑިން ހަމަލާ ދޭން ފަށާފައި ވަނީ ތަނުގެ ޓީވީ މޮނީޓަރުތަކަށް ބަޑި ޖަހަމުންނެވެ. ފުލުހުން ފަހުން ބުނެފައި ވަނީ ހަމަލާ ދިން މީހާ ވަނީ އޭނާ އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްގެން މަރުވެފައި ކަމަށެވެ.

ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފައި އަދި ނުވާއިރު ރައިފަލެއް ބޭނުންކޮށްގެން ހަމަލާދިން މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހަކަށް ފަހަރުގައި ވެދާނޭ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު