Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެފްބީއައިގެ ވެރިޔާ ވަކިކުރުން

ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

ތަހުގީގު ހުއްޓާލަން ނާންގާކަމަށް ވައިޓްހައުސް ބުނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 10:40
އެފްބީއައިގެ ކުރީގެ ވެރިޔާ ޖޭމްސް ކޯމޭ (ވ) އަދި ރައީސް ޑޮނަލްޑް ޓްރަމްޕް (ކ)

އެފްބީއައިގެ ކުރީގެ ވެރިޔާ ޖޭމްސް ކޯމޭ (ވ) އަދި ރައީސް ޑޮނަލްޑް ޓްރަމްޕް (ކ)

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ރަޝިއާ މެދު އޮތް ގުޅުމާ ބެހޭ ތަހުގީގު ހުއްޓާލުމަށް ރައީސް ޓްރަމްޕް އެފްބީއައިގެ ކުރީގެ ވެރިޔާ ޖޭމްސް ކޯމޭއަށް އެންގެވި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާގޮތުން އެ މެމޯ ލިޔެފައި ވަނީ އެ ބައްދަލުވުމަށް ފަހު ވަގުތުންކަމަށާއި މައިކަލް ފްލިން އިސްތިއުފާ ދެއްވާފައި ވަނީ އޭގެ އެއްދުވަސް ފަހުންނެވެ.

"އަޅުގަނޑު އުއްމީދު ކުރަން މަނިކުފާނަށް މިކަން ދޫކޮށްލެވޭނެ ކަމަށް"ފެބްރުއަރީމަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި ކަމަށް އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ކޯމޭ ލިޔުއްވާފައިވާ މެމޯއެއްގައި ވެއެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ މި ރިޕޯޓް ދޮގުކޮށްފައެވެ.

"ކޯމޭ ނުވަތަ އެހެންވެސް ބޭފުޅަކަށް ރައީސް ނާންގަވާ، ޖެނެރަލް ފްލިންގެ ތަހުގީގުތައް ވެސް ހިމެނޭ ގޮތުން އެއްވެސް ތަހުގީގެއް، ހުއްޓާލުމަކަށް" ބަޔާނުގައި ވެއެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ފްލިން އިސްތިއުފާދެއްވަން މަޖުބޫރުވީ ރައީސް ޓްރަމްޕް ހުވާ ކުރެއްވުމުގެ ކުރިން ރަޝިއާގެ މަންދޫބާ އެކު ކުރިޔަށްގެންދެވި މަޝްވަރާތަކާ ބެހޭގޮތުން ނައިބް ރައީސްއަށް ނުބައި މައުލޫމާތެއް ދެއްވިފައިވާތީއެވެ.

ނިއުޔޯކް ޓައިމްސް އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި އަރިސް އެހެން ބޭފުޅުން ވެސް ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ މުއާމަލާތްތައް ތަކުރާރުކޮށް ކުރައްވާފައިވާކަން އެނގޭ ފޯން ރެކޯޑިންގ ލިބިފައި ވެއެވެ.

އެމެރިކާގެ ޚާރިޖީ ގުޅުންތަކާ ބެހޭ ގޮތުން އެހެން ގައުމުތަކާ އަމިއްލަ ފަރުދުން މަޝްވަރާ ކުރުމަކީ މަނާ ކަމެކެވެ.

ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައި ވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އިސްތިއުފާގެ ސިޓީގައި ފްލިން ވިދާޅުވެފައި ވަނީ، ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން ހުންނެވި މައިކް ޕެންސްއަށް އެ މައުލޫމާތު އެރުވުނީ ބޭއިޚްތިޔާރުގައި ކަމަށެވެ. އަދި އެ މައުލޫމާތު އެރުވުނީ ފުރިހަމައަށް ނޫން ކަމަށެވެ.

ކޯމޭ ވަކިކުރެއްވުން ވެގެން ގޮސްފައި ވަނީ ވޮޝިންގޓަންގެ މަސްރަހަށް ލޮޅުންތަކެއް ގެނުވި ކަމަކަށްވާއިރު ފާޑުކިޔާ ފަރާތްތަކުން ގެންދަނީ ރައީސް ޓްރަމްޕްގެ އަރިސް ބޭފުޅުންނާ ރަޝިއާއާމެދު އޮތް ގުޅުމާއި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ރަޝިއާއިން މަސައްކަތް ކުރިކަމަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް އެފްބީއައި ކުރަމުންދިޔަ މަސައްކަތަށް ރައީސް ޓްރަމްޕް ހުރަސް އަޅުއްވާ ކަމަށް ތުހުމަތުކޮށްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު