Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްވިޑަން އަށް ދިން ހަމަލާ

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

ހާދިސާ ހިންގި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާ އަކީ އުމުރުން 39 އަހަރުގެ، އުޒްބެކިސްތާންގެ ރައްޔިތެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 10 އެޕްރީލު 2017 | ހޯމަ 12:01
ސްވިޑަން އަށް ދެވުނު ހަމަލާގައި އޮފިޝަލުން ހަރަކާތްތެރި ވަނީ

ސްވިޑަން އަށް ދެވުނު ހަމަލާގައި އޮފިޝަލުން ހަރަކާތްތެރި ވަނީ

ހުކުރު ދުވަހު ޓްރަކެއް ބޭނުން ކޮށްގެން ސްވިޑަންގައި ދިން ޓެރަރިސްޓް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް ކަމަށާއި އަދި އޭނާއަކީ ހައްދުފަހަނައެޅުމުގެ ވިސްނުންތަކަށް ތާއީދުކުރާ މީހެއް ކަަމަށް އެގައުމުގެ ފުލުުހުން ބުނެފިއެވެ.

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގެ ބާޒާރުމަތީ މަގެއްގައި ހުކުރު ދުވަހު ގިނަ ބައެއްގެ ތެރެއަށް ޓްރަކެއް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ޑިޕާޓްމަންޓް ސްޓޯރެއްގައި ޖެހި ހަތަރު މީހުން މަރުވެ 15 މީހަކު ވަނީ ޒަޚަމްވެފައެވެ. ހާދިސާ ހިންގި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާއަކީ އުމުރުން 39 އަހަރުގެ، އުޒްބެކިސްތާންގެ ރައްޔިތެކެވެ.

ހަމަލާ ދިން ކަަމަށް ތުހުމަތު ކުރެވޭ މީހާ މިދިޔަ ޖޫން މަހު ސްވީޑަންގެ ރަށްވެހި ކަމަށް އެދުމުން ވަނީ ރިޖެކްޓްކޮށްފައެވެ. އަދި ފުލުހުން ބުނާ ގޮތުން އިމިގްރޭޝަން އޮފިޝަލުން ދިޔައީ އޭނާ ހޯދަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހަކު މިހާރު ހުރީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުން ތުހުމަތު ކުރެވޭ ދެވަނަ މީހާ ފުލުހުން ތުހުމަތު ކުރަމުން ދަނީ "ގަސްތުގައި މީހަކު މަރާލައިގެން ޓެރަރިސްޓް ހަމަލާއެއް" ދިން ކަމަށް ބަލައިގެންނެެވެ. ދެވަނަޔަށް ތުހުމަަތު ކުރެވޭ މީހާއާ ބެހޭ ގޮތުން ރޮއިޓާސް އިން ބުނެފައި ވަނީ ފުރަތަމައަށް "ތުހުމަތު ކުރެވުނު މީހާޔާ އަޅާ ބަލާއިރު، ދެވަނަޔަށް ތުހުމަތު ކުރެވޭ މީހާއަށް ޝައްކު ކުރެވޭ މިންވަރު ދަށް" ކަމަށެވެ. ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާުއިރު ފުލުހުން ކުރަމުން ދާ ތަހުގީގުގައި ފުލުހުން 500 އަށް ވުރެ ގިނަ މީހުންނާ ވަނީ އިންޓަވިއުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު