Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

ފްލައިޓްތައް ހޯމަ ދުވަހު ފެށުން ފަސްކުރުމަށް އިންޑިޔާގެ މައި ސްޓޭޓްތަކުން އެދިއްޖެ

އާދިއްތަ އެގައުމުގެ 6767 މީހުންނަށް ވައިރަސް ޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 މެއި 2020 | އާދީއްތަ 15:49
އިންޑިގޯ އެއަރލައިންގެ ފްލައިޓެއް އެއަރޕޯޓް ރަންވޭ މަތިން ދަނީ

އިންޑިގޯ އެއަރލައިންގެ ފްލައިޓެއް އެއަރޕޯޓް ރަންވޭ މަތިން ދަނީ

އިންޑިޔާގެ އެތެރޭގައި ފްލައިޓްތައް ހޯމަ ދުވަހު ފެށުމަށް ތައްޔާރު ވަމުންދާއިރު އެކަން ފަސްކުރުމަށް އިންޑިޔާގެ މައި ސްޓޭޓްތަކުން އެދިއްޖެ އެވެ.

އިންޑިޔާގެ މައި ސްޓޭޓްތަކުން މިގޮތަށް އެދުނީ ކޮވިޑް-19 ކޭސްތައް އާދިއްތަ ދުވަހު ގިނައިން ފެނުމާއި ގުޅިގެންނެވެ. ދެ މަސްދުވަސް ފަހުން ފްލައިޓްތައް އަލުން ފެށުމަށް ނިންމާފައި ވަނިކޮށް އާދިއްތަ ދުވަހު ވަނީ ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ.

އާދިއްތަ އެގައުމުގެ 6767 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މިހާރު އިންޑިޔާގެ 131،000 (އެއް ލައްކަ އެއްތިރީސް ހާސް) މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.

އެއަރލައިން ތަކުން ހޯމަ ދުވަހު ފްލައިޓްތައް ފެށުމަށް ތައްޔާރު ވަމުންދާއިރު ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ދޭނީ ކޮން ސްޓޭޓްތަކެއްތޯ އާއި ކަރަންޓީނު ކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި ކަރަންޓީނު ކުރާނީ ކޮންތަނަކުން އަންނަ ފަސިންޖަރުން ކަމެއް އަދި އެއަރލައިންތަކުން ސާފުނުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިޔާގެ އެންމެ ހުޅަނގު މަހަރަޝްތްރަ، ތަމަލް ނާޑޫ އަދި ވެސްޓް ބެންގަލް އަކީ އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒުތަކެވެ. އަދި އެންމެ ބިޒީ އެއަރޕޯޓްތައް އެތަންތާންގައި ހުރިއިރު އެ ތަންތަނުން ބުނެފައިވަނީ ފްލައިޓްތައް އަލުން ފެށުމަށް އެމީހުން ތައްޔާރު ނޫން ކަމަށެވެ.

މަހަރަޝްތްރައިގެ މުމްބާއީގެ ހާލަތު ގޯސްވެފައި ވާއިރު އެތަނުން މިހާތަނަށް 29،000 މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމާއި ގުޅިގެން މަހަރަޝްތްރައިގެ ހޯމް މިނިސްޓަރ ޓްވިޓަރގައި ވިދާޅުވެފައިވަނީ ވައިރަސްގެ ހާލަތު ގޯސް ހިސާބުތައް އަދި ވަކިން ޚާއްސަކޮށް ރެޑް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބުތަކުގެ އެއަރޕޯޓްތައް ހުޅުވާލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށެވެ.

އިންޑިޔާގެ ފެޑެރަލް ނިޒާމުގެ ދަށުން 28 ސްޓޭޓަކަށް އެމީހުން ބޭނުންވާ އުސޫލުތަކެއް އެކުލަވާލުމުގެ ފުރުސަތު ލިބިދެ އެވެ. އެހެންކަމުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މައި ސަރުކާރުން ލުއިތަކެއް ދިނުމަށް ބޭނުންވި ނަމަވެސް އެކަން ކުރުމަށް ވަނީ ދަތިތަކާއި ދިމާވެފަ އެވެ.

ހޯމަ ދުވަހު ފްލައިޓްތައް ފެށުމަށް މަސައްކަތް ކުރަމުންދަނީ އިންޑިގޯ އާއި ސްޕައިސް ޖެޓް އަދި ވިސްތާރާ އެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު