އައްޑޫގައި މާރާމާރީއެއް ހިންގާ ދެ މީހަކަށް އަނިޔާ ވެއްޖެ
19 މެއި 2020 | އަންގާރަ 13:00ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން

އަލީ ސަމާޚް | 19 މެއި 2020 | އަންގާރަ 13:00

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް އަންގައިދޭ ނިޝާނެއް
އައްޑޫ ސީޓީގައި މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ހޯމަ ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި މާރާމާރީއެއްގައި ދިވެހި ދެ ފިރިހެނަކަށް އަނިޔާވެގެން ހިތަދޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ މަޢުލޫމާތު ހުށައެޅިފައިވަނީ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ.






