Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެހިފައިވާ މީހުންނަށް އެހީވުން

ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަ ވީއްލުމެއް ދިނުމުގެ ފުރުސަތު ހުޅުވާލައިފި

13 މެއި 2020 | ބުދަ 12:36

ޕެންޑަމިކް ހާލަތާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ހާލުގައި ދިރިއުޅެމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 މެއި 2020 | ބުދަ 12:36
ވީހާ ވެސް ގިނަ ދިވެހިން އެހީވުމަށް އިންޓަނޭޝަނަލް އެއިޑްއިން އެދިފައިވޭ

ވީހާ ވެސް ގިނަ ދިވެހިން އެހީވުމަށް އިންޓަނޭޝަނަލް އެއިޑްއިން އެދިފައިވޭ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަ ވީއްލުމެއް ދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލައިފިއެވެ.

'އިފްތާރު ޕެކޭޖް' ހަދިޔާކުރުމާއި ބެހޭގޮތުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ ބަޔަކު ދިރިއުޅެމުން ދާއިރު، މީގެކުރިން އެތައް އަހަރެއް ވަންދެން ހަމަނުޖެހުމާއި ފަގީރު ހާލަތުގައި ދިރިއުޅެމުން ދިޔަ ފަރާތްތަކުން އުޅެމުންދަނީ މާދަތި ހާލަތެއްގައި ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އެހެން އަހަރުތަކޭ އެއްގޮތައް ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށް ގެންދާ 'ލޮތްބާއެކު ކެމްޕޭނު' މި އަހަރު އަމާޒުކޮށްފައިވަނީ ދުނިޔަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ކަމަށްވުމާއެކު، މިއަހަރުގެ ކެމްޕޭން ކުރިޔަށް ގެންދަނީ ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފްގެ ނަމުގައި ކަން މުހައްމަދު ހާމަކުރެއްވިއެވެ. އަދި ވިދާޅުވީ 'އިފްތާރު ޕެކޭޖް' ހަދިޔާ ކުރުމުގެ ބަޔަކީ ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.

މީގެ އިތުރުން މުހައްމަދު ވިދާޅުވީ 'އިފްތާރު ޕެކޭޖް' ހަދިޔާކުރުމުން ފަގީރު ހާލުގައި ދިރިއުޅެމުންދާ މީހުންނަށް ވަރަށް ބޮޑު ހަދިޔާއަކަށް ވެގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ކޮންމެވެސް ބަޔަކު އެމީހުންނާ މެދު ވިސްނަމުންދާކަން އިހުސާސްވާނެ ކަން މުހައްމަދު ވިދާޅުވިއެވެ.

އައިއޭސީއިން މައުލޫމާތުދޭ ގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އައިއޭސީއިން އެހީވުމަށް ކަނޑައަޅާފައިވާ 6 ގައުމުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއްގެ އެންމެ މަދުވެގެން 50 މީހެއްގެ އެއް ދުވަހުގެ ރޯދަ ވީއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތު އެބައޮތެވެ.

އައިއޭސީއިން ރޯދަ ވިއްލުމުގެ ޕެކޭޖްތައް ތައްޔާރު ކުރަނީ އެހީ ވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދަކަށް 100 މީހުންނަށް ވާވަރަށް 'އިފްތާރު ޕެކޭޖް' ހަމަވުމުންނެވެ. މީގެ އިތުރުން، ރޯދަ ވިއްލުން ހަދިޔާކުރުމުގެ ޑޮނޭޝަން ނަގަނީ މަދުވެގެން 50 މީހެއްގެ ރޯދަ ވިއްލުން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުންކަން އައިއޭސީއިން ހާމަކުރެއެވެ.

އައިއޭސީއިން 'އިފްތާރު ޕެކޭޖް' ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ މި ރަމަޟާން މަހު ފަގީރުންނަށް އެހީވުމުގައި ގިނަ ބަޔަކު ޝާމިލުކުރުމުގެ ބޭނުމުގައެވެ. ދުނިޔޭގެ ހާލުގައި ޖެހިފައިވާ ގައުމުތަކުގެ މީހުންނަށް 'އިފްތާރު ޕެކޭޖު' ހަދިޔާ ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ވަނީ ގޮވާލާފައެވެ.

'އިފްތާރު ޕެކޭޖް' ހަދިޔާ ކުރުމަށް ބޭނުންވާ މީހުން އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅައިގެން، އިފްތާރު ޕެކޭޖްތަކުގެ އަގާއި އަދި ހަދިޔާ ކުރެވޭނެ ގައުމު ތަކުގެ މައުލޫމާތު ލިބޭނެއެވެ. އަދި މި ކެމްޕޭނަށް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިހާތަނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ވަނީ ތުރުކީގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީންނަށް 500 'އިފްތާރު ޕެކޭޖް' ހަދިޔާކޮށްފައެވެ. މި 500 'އިފްތާރު ޕެކޭޖް' އަކީ ދިވެހިންތަކެއްގެ ހެޔޮއެދުމާއެކު ހަދިޔާކޮށްފައިވާ ޕެކޭޖްތަކެކެވެ.

އައިއޭސީއިން ކުރިޔަށްގެންދާ ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައިވާއިރު، މި ކެމްޕޭނުގެ ތެރެއިން ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ސާފުތާހިރު ވުމަށް ބޭނުންވާ ސާމާނު ދޭނެ އިންތިޒާމު ހަމަޖައްސާފަވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް