Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީ ބޯލް

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެ އައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން: މަޖްދާ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2017 | ބުދަ 23:33
އީރާން އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު މަޖްދާ ސިސީ

އީރާން އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު މަޖްދާ ސިސީ

ރާއްޖެ އައީ ފަތުރުވެރިންގެ ހައިސިއްޔަތުން ނޫން ކަމަށާއި ބޭނުމަކީ ރާއްޖޭގައި ކުޅެން ހަމަޖެހިފައިވާ ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް ސެންޓްރަލް ޒޯން މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް އީރާން އަންހެން ވޮލީ ޓީމުގެ ކޯޗު މަޖްދާ ސިސީ ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ފަށާ މިމުބާރާތުގައި ވާދަކުރަން ބުދަ ދުވަހު މެންދުރުފަހު މާލެ އައުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުން މަޖްދާ ބުނީ، ރާއްޖެ އައީ ފަތުރުވެރިންގެ ހައިސިއްޔަތުން ނޫން ކަމަށާއި މިމުބާރާތައް ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

މަޖްދާ ބުނީ މި ކޮލިފައިން އަކީ ވަރަށް ސީރިއަސްކޮށް އީރާނުން ނަގާނެ މުބާރާތެއް ކަމަށާއި އެހެން ކަމުން މިއީ ވަރަށް މުހިންމު ކޮލިފިކޭޝަނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މަޖްދާ އިތުރަށް ބުނީ ނޭޕާލާއި ރާއްޖެ އަކީ ވެސް ވޮލީ އަށް މޮޅު ދެ ގައުމު ކަމަށާއި އެހެން ކަމުން ކޮލިފައިން ބުރު ފަހަނައަޅާ ދިއުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ހަމަ އެއާއެކު ރަނގަޅު ނަތީޖާއެއް ނެރުމަށް އީރާން ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް މަޖްދާ ބުންޏެވެ.

އެޓީމުގެ އެސިސްޓެންޓް ކޯޗު ބުނީ ޓީމުގެ ފަރާތުން އެންމެން ބަލާ ހިތްވާފަދަ މޮޅުކުޅުމެއް މިފަހަރު ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށާއި މުބާރާތުގައި އިރާން ޓީމް ކުޅޭ ކޮންމެ މެޗަކީ ވަރަށް ރީތި ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށެވެ. މިމުބާރާތުގައި ވާދަކުރަން، މިއަދު މާލެ އައި އިރާންގެ އަހެން ވޮލީ ޓީމުގައި އޮފިޝަލުންނާއެކު 24 ކުޅުންތެރިން ހިމެނެއެވެ. އަދި އިރާން ޓީމަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުނާ އެއް ޓީމެވެ.

2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވިމެން ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހައްދުގެ ކޮލިފިކޭޝަން މެޗުތައް ރާއްޖޭގައި ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ނޭޕާލް އާއި އީރާން އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެއާ ނޭޕާލް ބައްދަލުކުރަން ޖެހޭއިރު، މިމަހުގެ 28 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި އީރާން އެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އީރާން އެވެ. ދުނިޔޭގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ކޮލިފައިވާނީ ކޮންމެ ސަރަހައްދަކުންވެސް ކޮލިފައިން މުބާރާތުގެ އެންމެ މޮޅު ޓީމެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މި ތިން ދުވަހުގެ ހަވީރު 5:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މިފަހަރު މުބާރާތް ބެލުމަށް ސަޕޯޓަރުން ވައްދާނީ ޓިކެޓް ވިއްކައިގެން ކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު