ކ. މާލެ
|
6 މެއި 2020 | ބުދަ 22:30
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދެނީ
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދެނީ
ޕީއެސްއެމް
ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކޮށްދިނުން
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްދީފި
 
އިތުރު ކައިވެނިތައް ވެސް ކުރާނެ ކަމަށް ބެލެވޭ
 
ކައިވެނި ކޮށްދިނީ ބުދަ ދުވަހުގެ ހަވީރު
 
މިކައިވެނި ކުރިއަށް ދިޔައީ ވަރަށް ފުރިހަމައަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހު ފެމެލީ ކޯޓުން ކޮށްދިން މިކައިވެންޏަކީ ރުޖޫއަ ކައިވެންޏެކެވެ.

އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރެވޭނެ ކަމަށް ކަނޑައަޅައި އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު އާންމު ކުރީ މިމަހުގެ 04 ވަނަ ދުވަހެވެ. އަދި އޮންލައިންކޮށް ކައިވެނިކޮށް ދޭން އުސޫލު ނެރެފައި ވަނީ ހަމައެކަނި މާލޭއަށްށެވެ.

ފެމެލީ ކޯޓުން ބުނީ ބުދަ ދުވަހުގެ ހަވީރު ކުރި މިކައިވެނީގެ ކަންކަން ވަރަށް ފުރިހަމައަށް ގޮސްފައިވާ ކަމަށާއި، އިންޓަނެޓްއަށް މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރެވޭނެ ކަމަށް ކަނޑައަޅައި އާންމުކުރި އުސޫލުގައިވާ ގޮތުން ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ ކައިވެނީގެ އިގުރާރުގައި ކައިވެނި ކުރާ ދެ މީހުންނާއި ވަލީވެރިއާ އަދި ދެ ހެކިވެރިން ސޮއި ކުރަން ޖެހެއެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރުމަށް ކޯޓުން އެމީހުންނަށް ފޮނުވާ ހާޒިރީގައި ސޮއިކުރުމަށްފަހު ވަގުތުން ފޮނުވަންޖެހެއެވެ.

ކޮވިޑް-19އާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ މާލޭގައި ކައިވެނި ކުރުން އޮތީ ހުއްޓިފައެވެ. ވީޑިއޯ ކޮންފަރެންސްކޮށް މިފުރުސަތު ހުޅުވާލުމާއެކު ގިނަ ކައިވެނިތަކެއް ކުރުން އެކަށީގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް