Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާފުތާހިރުކަން އިތުރު ކުރުން

ގެއާ ގޯތިތެރެ ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފި

1 މެއި 2020 | ހުކުރު 07:57

ކޮންމެ ހަފްތާއަކު އެއްދުވަހު ސާފުކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 މެއި 2020 | ހުކުރު 07:57
މަދިރި އިތުރުވާތީ ފޮގްކުރަނީ

މަދިރި އިތުރުވާތީ ފޮގްކުރަނީ

ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ހަފުތާއަކު އެއްދުވަހު އެމީހަކު ދިރިއުޅޭ ގެއާއި، ގޯތިތެރެ ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ސާފުތާހިރުކަން އިތުރު ކުރުން ކަމަށެވެ. ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި އިތުރަށް ސާފުތާހިރު ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މިދަނޑިވަޅުގައި ހަފުތާއަކު މަދުވެގެން އެއްފަހަރު ގެއާ ގޯތިތެރެ ސާފުކުރަންޖެހޭ ކަމަށެވެ.

މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ. އަދި ވިދާޅުވީ މިއީ ހަމައެކަނި މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުރިހައި ޞަރަޙައްދެއްގެ ރައްޔިތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކޮންމެ ހަފުތާއަކު އެއްފަހަރު ގެއާ ގޯތިތެރެ ސާފުކޮށް، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފައިވާއިރު، މިދުވަސްވަރަކީ ވިއްސާރަ މޫސުމަށްވެފައި މަދިރިން ސަލާމަތް ވުމަށް ޚާއްޞަ ސަމާލުކަމެއް ހުރިހާ ފަރާތްތަކަކުން ވެސް ދޭންޖެހޭނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުވެސް ވިދާޅުވެފައިވެއެވެ.

މައިމޫނާ ވިދާޅުވީ ވިއްސާރަ މޫސުމާ ދިމާކޮށް އަބަދުވެސް އިރުޝާދު ދެމުން އަންނަނީ ޑެންގީ ފަދަ ބަލިތައް އަންނާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ހުރިހާ އެންމެންވެސް ދިނުމަށްކަމަށެވެ. އިންފްލުއަންޒާގެ ޢަލާމާތްތައްވެސް މިހާރު ފެނުމާއެކީގައި ޓެސްޓްތައް ކުރެވެމުންދާކަމަށް މައިމޫނާ ވިދާޅުވި އެވެ. އަދި ޑެންގޫއަށް މިދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ޙާލަތަށް އައިސްފައިވާ ކަމަށް މައިމޫނާ ވިދާޅުވިއެވެ.

ޑެންގީގައި ޢާންމުކޮށް ގަދަ ހުމެއް އައިސް، ބޮލުގައި ރިއްސާ، ހުޅުހުޅުގައި ރިއްސާއިރު، ޑެންގީން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާވަރަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން އަދި ސުޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ހެނދުނާއި ހަވީރުގެ ވަގުތުގައި ގޭގެ ދޮރު ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުނުލާގޮތަށް އެއްޗެހި ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ޖުލައި 2017

ދިހައަހަރު ފަހުން ރައީސް މައުމޫނާއި ސުވާލު ކުރުމުން ޤާނޫނުލްއުޤޫބާތާއިމެދު ސުވާލު އުފެދޭ: މައުމޫން ހަމީދު

02 ޖުލައި 2017
ދިހައަހަރު ފަހުން ރައީސް މައުމޫނާއި ސުވާލު ކުރުމުން ޤާނޫނުލްއުޤޫބާތާއިމެދު ސުވާލު އުފެދޭ: މައުމޫން ހަމީދު
14 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ޝިދާތާ

14 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ޝިދާތާ
27 މެއި 2017

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު
13 އެޕްރީލު 2017

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

13 އެޕްރީލު 2017
އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި
09 އެޕްރީލު 2017

މަދިރި ގިނަ ވެގެން ކުނަހަންދޫ ސްކޫލް ބަންދުކޮށްފި

09 އެޕްރީލު 2017
މަދިރި ގިނަ ވެގެން ކުނަހަންދޫ ސްކޫލް ބަންދުކޮށްފި
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
03 މާރިޗު 2017

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް