Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤަތަރުގެ މައްސަލަ

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ޝިދާތާ

ޓެރަރިޒަމަށް ވާގިވެރިވާ ބަޔަކާއި ވިޔަފާރީގެ ގުޅުން ބޭއްވުމަކީވެސް "ޓެރަރިޒަމަށް" ވާގިވެރިވުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ޖޫން 2017 | ބުދަ 00:25
ޝިދާތާ ޝަރީފް: ސަރުކާރުން ގަތަރާ ގުޅުން ކަނޑާލި ގޮތް ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވޭ

ޝިދާތާ ޝަރީފް: ސަރުކާރުން ގަތަރާ ގުޅުން ކަނޑާލި ގޮތް ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވޭ

ދިވެހިރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލެޝަން ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހިޔަނި ކެބިނެޓްގެ ހެލްތު، ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑަރއާ ބެހޭ ޝެޑޯވް މިނިސްޓަރުގެ ޕޯސްޓުގައި ވެސް ހުންނެވި ޝިދާތާ މިހެން ވިދާޅުވީ ގަތަރާ ގުޅުން ކަނޑާލި މެދު އިރުމަތީގެ ޤައުމުތަކުން ނެރުނު ޓެރަރިސްޓުންގެ ލިސްޓާ މެދު ރާއްޖެއިން އަދިގޮތެއް ނުނިންމާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައި ވަނިކޮށް އެކަމަށް އިޝާރާތް ކުރައްވައެވެ. ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މިސްރާބު ގެއްލިފައިވާ ކަމަށާއި ގަތަރާ ގުޅުން ކަނޑައިލީ ޓެރަރިޒަމަށް ވާގިވެރިވާތީ ކަމަށް ރާއްޖެއިން ބުނި ނަމަވެސް ރާއްޖެއިން ބުނީ ގަތަރާއި ރާއްޖެއިން ވިޔަފާރީގެ ގުޅުން ބާއްވަމުން އަންނަ ކަމުގައެވެ. އަދި ޓެރަރިޒަމަށް ވާގިވެރިވާ ބަޔަކާއި ވިޔަފާރީގެ ގުޅުން ބޭއްވުމަކީ ވެސް "ޓެރަރިޒަމަށް" ވާގިވެރިވުން ނޫން ތޯ ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ގަތަރާ ދެކޮޅު އަރަބި ގައުމުތަކުން ނެރެފައިވާ ޓެރަރިސްޓުންގެ ލިސްޓާ މެދު ގޮތެއް ނުނިންމާ ކަމަށް ސަރުކާރުން ބުނާއިރު މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިތޯ ވެސް ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ. ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ވެސް އިސްވެރިއަކަށް ހުންނެވި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ހޯމަ ދުވަހު ވިދާޅުވެފައިވަނީ ގަތަރާ ދެކޮޅު ގައުމުތަކުން ނެރެފައިވާ ޓެރަރިސްޓުންގެ ލިސްޓާ މެދު ރާއްޖެއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ލިސްޓާ މެދު ވިސްނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ، ބަހުރެއިންގެ އިތުރުން މިސްރުން މިމަހުގެ ނުވަ ވަނަ ދުވަހު ނެރެފައިވާ އެ ލިސްޓުގައި 59 މީހަކާއި 12 ޖަމާއަތެއް ހިމެނެއެވެ. އެފަރާތްތަކާ ގަތަރާ ގުޅުން އޮންނަ ކަމަށް ހަތަރު ގައުމުން ތުހުމަތުކޮށްފައިވެއެވެ. އަދި ގަތަރުން އެ ފަރާތްތަކަށް އެހީތެރިވަމުންދާ ކަމަށް ތުހުމަތު ކުރެއެވެ. ގަތަރުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލާފައިވާ އިރު ރާއްޖެއިން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ. ގަތަރާ ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް އެއްވެސް މައްސަލައެއް އުފެދިފައި ނުވާ އިރު ގުޅުން ކަނޑާލާފައި ވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. ރާއްޖެއިން މިމަހުގެ ފަސް ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލި އިރު ރާއްޖެއިން ގަތަރާ ގުޅުން ގާއިމު ކުރިތާ މިހާރުވަނީ 33 އަހަރު ފުރިފައެވެ. ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް އެހެން ގުޅުންތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ގަތަރު މީހުން ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ވެސް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު