Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ޖޫރިމަނާކުރުން

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 200،000 ރުފިޔާގެ ޖޫރިމަނާ ދެއްކުމުން

ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 10:52
ރާއްޖެޓީވީން ބުދަ ދުވަހު ހުޅުވާލި އަބުރުފުޅު ފަންޑަން މެމްބަރުން އަލީ ނިޒާރާއި މެމްބަރު އަބްދުލް ޣަފޫރު މޫސާ ފައިސާގެ އެހީ ދެއްވަނީ

ރާއްޖެޓީވީން ބުދަ ދުވަހު ހުޅުވާލި އަބުރުފުޅު ފަންޑަން މެމްބަރުން އަލީ ނިޒާރާއި މެމްބަރު އަބްދުލް ޣަފޫރު މޫސާ ފައިސާގެ އެހީ ދެއްވަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަށް އަބުރުގެ މައްސަލަ ބަލާ އުސޫލާއި ބްރޯޑްކާސްޓަރުން ޖޫރިމަނާކުރާ އުސޫލް ސާފުކޮށްދިނުމަށް ރާއްޖެ ޓީވީން ހުށަހަޅައިފި އެވެ.

މި ދެ ކަންތައް ސާފުކޮށް ދިނުމަށް ރާއްޖެޓީވީން ބުދަ ދުވަހު ކޮމިޝަނުގައި އެދުނީ، އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެމްޔޫއޯގެ ޖަލްސާ ރާއްޖެޓީވީން ލައިވްކޮށް ގެނެސްދެމުން ދިޔައިރު، އެ ޖަލްސާގެ ރަސްމީ އެޖެންޑާގައި ހިމަނައިގެން ވާހަކަ ދެއްކި މީހަކު، ދެއްކި ވާހަކައަކާ ގުޅިގެން ރާއްެޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލައާ ގުޅިގެން ނެވެ.

އަމިއްލަ އިސް ނެގުމަށް އަބުރުގެ މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާކުރުމުގެ އުސޫލް ސާފުކޮށް ދިނުމަށް އެދުމުގެ އިތުރުން، ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ސޮއިކުރައްވައި ފޮނުވި ސިޓީގައި، ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި ކޮންޓެންޓް އެހެން ބްރޯޑްކާސްޓަރަކު ގެނެސްދީފައިވޭތޯ ކޮމިޝަނުން ކަށަވަރުކޮށް ދިނުމަށް އެދިފައި ވެއެވެ.

"އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ ގެނެސްދިން ކަމަށް ވިދާޅުވި ހަމަ އެ ޖަލްސާ އެހެން ސްޓޭޝަނަކުން ވަގުތުން ގެނެސްދީފައިވާ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ގަބޫލު ކުރެވޭ ހެއްކާ އެކު މިސްޓޭޝަނަށް ހުށަހަޅަމުން ގެންދާތީ، ރާއްޖެޓީވީ ޖޫރިމަނާ ކުރި ވާހަކަ ދެއްކި ޖަލްސާ ރާއްޖޭގެ އެހެން އެއްވެސް ސްޓޭޝަނަކުން ދެއްކިކަން ނުވަތަ ނޫންކަން ތިޔަ ކޮމިޝަނުން ބައްލަވާފައިވޭތޯ ސާފުކޮށްދެއްވުން އެދެމެވެ. އަދި ކޮމްޕްލަޔަންސް މޮނިޓަރިންގެ މަސައްކަތަކީ ތިޔަ ކޮމިޝަނާ ހަވާލުވެފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ވުމާއެކު، ސިޓީގައި ހަވާލާދީފައިވާ ރޭގެ ޖަލްސާ ރާއްޖޭގެ އެހެން ސްޓޭޝަނަކުން ދެއްކިކަން ނުވަތަ ނޫންކަން ކަށަވަރު ކަމާއެކު ބައްލަވާފައި އޮންނަން ޖެހޭނެ ކަމަށް ވެސް މިސްޓޭޝަނުން ގަބޫލު ކުރަމެވެ،" ރާއްޖެޓީވީގެ ސިޓީގައި ބުނެފައިވެ އެވެ.

ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އޭގެ ކުރިން 200،000 ރުފިޔާއިން ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. މި މައްސަލަތަކަކީ އިންސާފުވެރި ނިންމުންތަކެއް ނޫން ކަމަށް ރާއްޖެޓީވީން ބުނެ އެވެ. އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން ރާއްޖެޓީވީން ވަނީ "އަބުރުފުޅު ފަންޑު" ގެ ނަމުގައި ފަންޑެއް ހުޅުވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު