Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. އަތޮޅު ވިއްކާލުން

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

3 މާރިޗު 2017 | ހުކުރު 09:26

ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް ނޫޅެން: ކައުންސިލަރ

ޖުމާނާ ތައުފީގު
ޖުމާނާ ތައުފީގު | 3 މާރިޗު 2017 | ހުކުރު 09:26
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގަައި މަގޫދޫގެ ކައުންސެލަރު އަބްދުﷲ ވަހީދު، އެ ރަށުގައި

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގަައި މަގޫދޫގެ ކައުންސެލަރު އަބްދުﷲ ވަހީދު، އެ ރަށުގައި

ފ. އަތޮޅު ރައްޔިތުން ކަންބޮޑުވަނީ ހަޤީގަތް ހާމަނުކުރާތީއާއި، ސަރުކާރުން ފ. އަތޮޅުގައި ހިންގާ ބިޔަ ބޮޑު ޕްރޮޖެކްޓުން ފ. އަތޮޅަށް ވެގެންދާނެ ގޮތް ނޭނގޭތީ ކަމަށް މަގޫދޫ ކައުންސިލް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

މަގޫދޫ އެމްޑީޕީ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަބްދުﷲ ވަހީދު ވިދާޅުވީ ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ކުރަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ސަރުކާރުގެ ފަރާތުން އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް ސާފުކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުހައްމަދު ނަޝީދު ފ. އަތޮޅަށް ތަރައްޤީ ގެނެސްދިން ހިސާބުން އެ އަތޮޅުގެ ރައްޔިތުން ތިބީ ތަރައްޤީ އަށް ފެން ބޮވައިގެންފައި ކަމަށާއި، ކޮންމެ ސަރުކާރަކުން އެ މަސައްކަތާއެކު ކުރިއަށް ދާން ތައްޔާރަށް ތިބިކަން އަބްދުﷲ ވަހީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އޭގެ ބަދަލެއްގެ ގޮތުން ދަރިން ވިކި ޚަލާސްވެގެން ތަރައްގީ ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބިޔަ ޕްރޮޖެކްޓްގެ މައުލޫމާތު ތިލަކޮށްދޭށޭ ބުނަން ޖެހެނީ، މިއަދުގެ ސަރުކާރާއެކު މިހާތަނަށް ހާސިލު ކުރެވުނު އިބުރަތް ތަކަށް ބަލާފައި ކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނުފެނޭ އެ ތަރައްޤީއެއް. އަޅުގަނޑު މެންނަކަށް މިއަދާ ހަމައަށް އައި އިރުގައި މިއިން އެއްވެސް ކަމެއް ނުފެނޭ. އަޅުގަނޑުމެންނަށް އިނގޭހާ ވެސް އެއްޗަކީ ތަރައްގި އޭ ބުނެ ވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން އެތައް ގުނައަކަށް އަޅުގަނޑުމެން ދަރައިގެން ދާތަން. އެތައް ލޯނުތަކެއް ނެގިގެން ދާތަން. އެހެންވީއިރުގައި އަޅުގަނޑުމެން އެބަޖެހޭ މިކަން ސާފުކުރަން" ވަހީދު ވިދާޅުވިއެވެ.

ސައުދީ ރަސްގެފާނަށް ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް މުޒާހަރާކުރަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، ވަހީދު ވިދާޅުވީ މަގޫދޫގައި ޣައިރުޤާނޫނީ އެއްވެސް ކަމެއް ކުރަން ނޫޅޭ ކަމަށެވެ.

"އަޅުގަނޑުމެން ނިކުމެ ކަމެއް ކުރާނަމޭ ބުނީމާ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަނީއޭ ބުނީމާ އަޅުގަނޑުމެންނަށް ބިރުދެއްކުމަށްޓަކައި ތިބޭފުޅުން ތި ކުރައްވާ މަސައްކަތް ވެސް އެބަޖެހޭ މިހާރުން މިހާރަށް ހުއްޓާލަން،" ސައުދީ ރަސްގެފާނުގެ ކަރާމާތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ ފުލުހުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަހީދު ވިދާޅުވި އެވެ.

ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަން ހާމަކުރައްވަމުން ކައުންސިލަރ ވިދާޅުވީ، ސަރުކާރުން ބިޔަ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ބުނާއިރު، އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން ސަރުކާރުން އެ ކުރަނީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މިއަދު ކުރަމުން މި ގެންދަނީ އެ މަސައްކަތް ކަމަށެވެ.

ފ. އަތޮޅު ވިއްކާލާކަމުގެ އަޑުތައް ފެތުރިފައިވާއިރު، ވަހީދު ވިދާޅުވި ގޮތުގައި، އެކަމާ އެ އަތޮޅުގެ ރައްޔިތުން ކަންބޮޑުވަނީ އެ އަތޮޅުގެ އަސްލު ގެއްލި، ދެން އުފައްދާ ކައުންސިލެއް ސައުދީ ކައުންސިލަކަށް ވެގެން ގޮސްދާނެތީ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް