Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން

ދިހައަހަރު ފަހުން ރައީސް މައުމޫނާއި ސުވާލު ކުރުމުން ޤާނޫނުލްއުޤޫބާތާއިމެދު ސުވާލު އުފެދޭ: މައުމޫން ހަމީދު

ރައީސް މައުމޫނާ އޭސީސީން ސުވާލު ކުރައްވާ ހައިސިއްޔަތެއް ނޭނގޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 2 ޖުލައި 2017 | އާދީއްތަ 15:28
މައުމޫން ހަމީދު: ރައީސް މައުމޫންގެ ޤާނޫނީ ވަކީލު

މައުމޫން ހަމީދު: ރައީސް މައުމޫންގެ ޤާނޫނީ ވަކީލު

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން ނިމުނުތާ 10 އަހަރުފަހުން އެމަނިކުފާނާ ސުވާލު ކުރެއްވުމަކީ ޤާނޫނުލް އުޤޫބާތައް ބަލާއިރު ސުވާލު އުފެދޭ ކަމެއް ކަމަށް ރައީސް މައުމޫންގެ ޤާނޫނީ ވަކީލް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަލްއުސްތާޛް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު މިހެން ވިދާޅުވީ މީގެ 10 އަހަރު ކުރިން ނެރެފައިވާ އޮޑިޓް ރިޕޯޓަކާ ގުޅޭގޮތުން އޭސީސީން ރައީސް މައުމޫނާ ސުވާލު ކުރަން މަސައްކަތްކުރަމުންދާ ދަނޑިވަޅުގައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރައީސް މައުމޫންގެ ބަޔާނެއް ނަންގަވަނީ އޮޑިޓް ރިޕޯޓަކާ ގުޅިގެންކަމަށް މީޑިއާތަކުން އެނގޭ ކަމަށެވެ. އެހެންނަމަވެސް ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވާ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ އޭސީސީން ބަޔާނެއް ނަންގަަވަން އުޅުއްވާ ތުހުމަތެއް އަދިވެސް އެނގިވަޑައިނުގަންނަނަވާ ކަމަށެވެ.

ޤާނޫނުލްއުޤޫބާތަށް ބަލާއިރު، އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލައެއް 10 އަހަރު ފަހުން ފެންމަތިކުރުމުން ސުވާލު އުފެދޭ ކަމަށާއި ޤާނޫނުލް އުޤޫބާތަކީ، އޭގެން އިސްތިސްނާވެފައިވާ ވަކި ޤާނޫނުތަކެއް ފިޔަވައި ޖިނާއީ ހުރިހާ ކުށަކަށްވެސް ބާރު ހިނގާނެ ޤާނޫނެއް ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު އެއީ އޮޑިޓް ރިޕޯޓެއްގެ މައްސަލަ. އެކަމަކު ރައީސް މައުމޫން ވިދާޅުވަނީ އެއްވެސް އިރެއްގައި އެއްވެސް ކަމެއް ޤާނޫނާ ޚިލާފަށް ކުރައްވާފައި ނޯންނާނެ ކަމަށް. އެވިދާޅުވާ ރިޕޯޓް ތަކުގެ ތެރެއިން ބޭނުންފުޅު ވަނީ ކޮން މައުލޫމާތެއް ކަމެއް ނޭނގޭ. ބަޔާނެއް ނަންގަވަން ބޭނުންފުޅުވާތީ އެއީ ކޮންގޮތެއްތޯއެއް ނޭނގޭ. އަދިއެއް ނޭނގޭ އޭސީީސީން ތުހުމަތެއް ކުރައްވައިގެންތޯ އެނޫން ގޮތަކުންތޯއެއްވެސް. ބަޔާނެއް ނަންގަވަން ބޭނުންފުޅުވަނީ. ޤާނޫނިއަސާސީގައި ބުނޭ އަވަސް ތަހުގީގެއްގެ މުހިއްމުކަމަށް. ތަހުގީގު އަވަހަށް ނިންމަން ޖެހޭނެޔޭ. އެހެންވީމާ 10 އަހަރު ފަހުން ނެގުމަކީ ސުވާލު އުފެދޭ ކަމެއް. އަޅުގަނޑުވެސް ދަންނަވަން ޖެހެނީ އެގޮތައް. އެވާ އިއްތިފާގެއް އަޅުގަނޑުމެން އެންމެންވެސް ހަމަ ފާހަގަކުރަން އެބަޖެހޭއޭ. އެއީ ކޮންމެވެސް ދުވަސްވަރަކާ ގުޅިގެން މިކަހަލަ އިޝާރާތެއް މިއަންނަނީ. އެކިޚަބަރުތައް އެކިގޮތައް އަންނަނީ. އޭގެ ތެދުދޮގެއް އަޅުގަނޑަކަށް ނޭނގޭނެ ދަންނަވާކަށް. މިކަހަލަ އިއްތިފާގުތައް ފާހަގަވެފައި ހުންނަނީ.

މައުމޫން ހަމީދު އިތުރަށް ވިދަޅުވީ، ރައީސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތު ސާފުނުވާއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރަނީ ކޮން ހައިސިއްޔަތަކުން ކަމާއިމެދުވެސް ޝައްކު އުފެދޭ ކަމަށެވެ.

އޭސީސީން ބަޔާން ނަގަން ބޭނުންފުޅުވާ ގޮތެއް އެހައިސިއްޔަތެއް ނޭނގޭ. ރައީސް މައުމޫންގެ ކޮން ހައިސިއްޔަތެއްގެ ސަބަބުން ކޮން ތުހުމަތެއްގެ ދަށުންތޯ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ގޮތުންތޯ ނުވަތަ އެހެން ތުހުމަތެއްގަތޯ އަޅުގަނޑުމެންނަކަށް ޔަޤީނެއް ނުވޭ. އެހެންނަމަވެސް އެތުހުމަތެއް ކުރައްވާފައި ތަހުގީގް ކުރައްވާފައި ރައީސް މައުމޫން މައްޗށް ދައުވާ ކުރައްވަން ފޮނުއްވައިފިއްޔާ އަޅުގަނޑު ދެކޭ ގޮތުގައި ޤާނޫނުލް އުޤޫބާތުގައި ކަނޑައަޅާފައި އެއޮންނަ އުސޫލު އެޕްލައިވާނެ. ސަބަބަކީ ޤާނޫނުލް އުޤޫބާތަކީ ރާއްޖޭގެ ހުރިހާ ޤާނޫން ތަކަށް، ވަކިގޮތަކަށް އިސްތިސްނާ ކޮށްފައިވާ ޤަނޫންތައް ނޫން އެހެން ހުރިހާ ކަންކަމަކަށް ޖިނާއީ ހުރިހާ ކަންކަމަކަށް އެޕްލައިވާނެ ގޮތައް ހަދާފަ އޮންނަ ޤާނޫނެއް. މިދެންނެވީ ޤާނޫނުލް އުޤޫބާތު އެކުލަވާލުމުގައި އެބިލް ޑްރާފްޓް ކުރުމުގައި ބައިވެރިވި މީހެއްގެ ހައިސިއްޔަތުންވެސް އަޅުގަނޑަށް ދެންނެވޭ. އޭގެ ނިޔަތަކީވެސް ދިވެހިރާއްޖޭގައި ބޭނުންވީ ތަފާތު ގިނަ ޤާނޫންތަކަކުން ޖިނާއީ އަމަލްތަކުގެ ކުށް ބަޔާންކޮށް އަދަބުތަކެއް ކަނޑައެޅުމުގެ ބަދަލުގައި މައި އެއް ޤާނޫނުގައި އެހުރިހާ އުސޫލުތަކާ އެހަމަތައް ބަޔާން ކުރަން. މިހެން ދެންނެވިކަމުގައި ވިޔަސް އެބަހުރި ދެއްތޯ ބައެއް ޚާއްޞަ ޤާނޫންތައް. އެކަމަކު އެއަށްވެސް ހުންނާނެ ޤާނޫނުލް އުޤޫބާތުގައި ޖާގަ ދީފަ. އެހެންނަމަވެސް މައިގަނޑު އަސާސީ މިކަމަކީ މި އުސޫލަކީ މި ޖިނާއީ ހުރިހާ ކުށްތަކަކަށްވެސް އެޕްލައި ކުރަން ޖެހޭނެ އުސޫލުތަކެއް ކަމަށް ހަމަތަކެއް ކަމަށް އަޅުގަނޑު ދެކެނީ

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރަމުންދާ ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަޔާނެއް ނެގުމަށް ބޭނުންވާކަން ހާމަކޮށްފައިވަނިކޮށް، އޭސީސީއަށް ހާޒިރުވެ ވަޑައިގެންނެވޭނެ ތާރީޚެއް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އޭސީސީއަށް ވަޑައިގަންނަވާނެ ތާރީޚެއް ރައީސް މައުމޫން ދެއްވާފައިމިވަނީ، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގުގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ފަސޭހަފުޅު ވަގުތެއްގައި އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރާނެ ކަމަށް އޭސީސީން ބުނެފައިވަނިކޮށެވެ.

އޭސީސީއަށް ރައީސް މައުމޫން އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ބަޔާން ނެގުމަށް ކޮމިޝަނުގެ ޓީމެއް އެމަނިކުފާނުގެ އަރިހަށް ވަޑައިގަތުމަށްވުރެ ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވަނީ އެމަނިކުފާނު ކޮމިޝަނަށް ހާޒިރުވެވަޑައިގަތުން ކަމަށެވެ.

އެގޮތް އެންމެ ރަނގަޅުކަމުގައިވާނަމަ، އަންގާރަ ދުވަހާއި ބުދަ ދުވަހާއި ދެ ދުވަހުންކުރެ ދުވަހެއްގެ މެންދުރު އެކެއް ޖަހާއިރަށް ހާޒިރުވެވަޑައިގެންނެވިދާނެ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކޮމިޝަނަށް ހާޒިރުވެވަޑައިގަންނަވާއިރު، ގާނޫނީ ވަކީލު މައުމޫން ހަމީދު ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ އަރިހަށް ޒިޔާރަތްކޮށް ބަޔާން ނަގަން ބޭނުންވާ ކަމަށް އޭސީސީން އެންގުމާއި ވިދިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތީމުގޭގެ އޮޑިޓް ރިޕޯޓްގެ މައްސަލާގައި އެމަނިކުފާންގެ ބަޔާނެއް ނެގުމަށް އޭސީސީގެ މެމްބަރުން އެމަނިކުފާންގެ އަރިހަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށާއި، އޭސީސީއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު