Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމުން އަމީތު ވަކިކުރުން

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

އަމީތަށް އަންގާފައިވަނީ 28 މާރޗް 2017 ވާ ހުކުރު ދުވަހުގެ 12:30 އަށް ސްލޫކީ ކޮމެޓީއަށް ހާޒިރުވުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 12:15
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން އުފައްދާފައިވާ ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދުމަނިކު އެދިވަޑައިގެންފި އެވެ.

އަމީތު އެގޮތަށް އެދިވަޑައިގެންފައި ވަނީ 28 މާޗު ވާ ހުކުރު ދުވަހުގެ 12:30 ސްލޫކީ ކޮމެޓީއަށް ހާޒިރުވުމަށް އެކޮމެޓީން އަމީތުއަށް އަންގާފައިވާތީ އެވެ. ސްލޫކީ ކޮމެޓީން އަމީތުއަށް ފޮނުވާފައިވާ ލިޔުމުގައިވާ ގޮތުން އަމީތު ހާރިވުމަށް އަންގާފައިވަނީ 28 މާރޗް 2017 ވާ ހުކުރު ދުވަހުގެ 12:30 އަށެވެ. ނަމަވެސް 28 މާރޗް 2017 ވަނީ އަންގާރަ ދުވަހަކަށެވެ.

Advertisement - newsAdvertisement

ސްލޫކީ ކޮމެޓީއަށް އަމީތު ފޮނުވާފައިވާ ސިޓީގައި ވަނީ 28 މާރޗް ވަނީ ހުކުރު ދުވަހަކަށް ނޫން ކަމަށާއި ހުކުރު ދުވަހުގެ 12:30 އަކީ ހުކުރު ވަގުތު ކަމަށެވެ. އެހެންކަމުން ހާޒިރުވާންވީ ތާރީހް އޮޅުންނާރާ ގޮތަށް އަންގާ ދިނުމަށް އަމީތު ވަނީ ސްލޫކީ ކޮމެޓީއަށް ސިޓީއަކުން ދަންނަވާފަ އެވެ.

މީގެ އިތުރުން އަމީތުގެ ސިޓީގައި ވަނީ ހާޒިރުވާންޖެހެނީ ހުކުރު ދުވަހުގެ 12:30 ގައިނަމަ، އެހެން ވަގުތަކަށް ހަމަޖައްސާ ދިނުނަށާއި އަދި ޖަވާބުދާރީ ވާންޖެހޭ މައްސަލަ ލިޔުމުން އޮޅުން ފިލުވާދިނުމުން ޖަވާބުދާރީވުމަށް ފަސޭހަވާނެ ކަމަށްވެސް އަމީތު ފޮނުއްވާފައިވާ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އަމީތު ޕާޓީން ވަކިކުރަން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތްކަމުގައި މައްސަލައި އިދިކޮޅު ފަރާތްތަކާއެކު، މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދޭނެ ކަމަށް ވިދާޅުވުމުންނެވެ. މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވެސް އަމީތު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު