Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދަ މަސް

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

ރަމަޟާން މަހާއި ދިމާކޮށް މަގުތަކަށް ވަނީ ގިނަ އަދަދެއްގެ ކުނި އަޅާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 27 މެއި 2017 | ހޮނިހިރު 19:17
މަގުމައްޗަށް އުކާލާފައިވާ ކުނިތަކެއް

މަގުމައްޗަށް އުކާލާފައިވާ ކުނިތަކެއް

ރަމަޟާން މަހާއި ގުޅިގެން ކުނި އުފެދޭ މިންވަރު އެތައް ގުނައެއް އިތުރުވެގެންދާއިރު، އެ ކުނި އުކާލުމަކީ، ވިޔަފާރިއަކަށްވުރެ ބޮޑަށް މުނިސިޕަލް ޚިދުމަތެއް ކަމުގައި ދެކިގެން ކުރަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަމާއު ވިދާޅުވީ ރަމަޟާން މަހަށް ގެދޮރު ޒީނަތްތެރިކޮށް، ފަރުނީޗަރު ފަދަ ތަކެތި އާކުރުމާ ގުޅިގެން، އުފެދި، މަގުތަކުގައި ބެހެއްޓިފައި ހުރި ގިނަ އަދަދެއްގެ ކުނި މިހާރު އުކާލާފައިވާކަން ފާހަގަވާ ކަމަށާ، ނަމަވެސް ކުނި އުކުމަށް ބޮޑު އަގުތަކެއް ނަގަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު ވަރަށް ބޮޑަށް ޝަކުވާތައް ރައްޔިތުންގެ ފަރާތުން އެބަ އުފުލާ ކުނި އުކުމުގަ ވަރަށް ބޮޑެތި އަގުތައް ނަގާ ކަމަށް. ރޯދަމަހާ ދިމާކޮށް ވަކިން ޚާއްސަކޮށް އެގޮތަށް ހިންގާ ސާފުކުރުމުގެ މަސައްކަތްތަކުގައި އުކާލާ ކުނިން އެހާ ބޮޑެތި އަގުތައް ރޯދަ މަސް ކުރިމަތީގަ އޮއްވާ ނެގީމަ ރައްޔިތުންނަށް ވަރަށް އެބަ ދަތިވޭ،"

ޝަމާއު ވިދާޅުވީ ރަމަޟާން މަހަކީ ކުނި އުފެދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާ މަހަކަށް ވާއިރު، ކުނި އުކުމުގައި ރައްކާތެރިވުމަކީ ފަރުދީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، މަގުމައްޗަށް ކުނި އުކުމުގެ ބަދަލުގައި ރައްކާތެރި ކަމާއެކު ކުނި ނައްތާލުމަށް ވިސްނަން ޖެހޭ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު