Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދުގެ ނިންމެވުން

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

ޕީޕީއެމްގެ ޢާއްމު މެންބަރުންގެ ވޯޓަކުން އިންތިޚާބު ކުރައްވާފައިވާ ރައީސަކީ ރައީސް މައުމޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 އެޕްރީލު 2017 | އާދީއްތަ 21:11
މެންބަރު ސައުދު މަޖިލީހުގައި ވާހަކަ ދައްކަވަނީ

މެންބަރު ސައުދު މަޖިލީހުގައި ވާހަކަ ދައްކަވަނީ

ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމްގެ ރައީސަކީ އަދިވެސް ރައީސް މައުމޫން ކަމަށް ރައީސް ޔާމީން ފެކްޝަންގައި ހުންނެވުމަށްފަހު އިދިކޮޅު އިސްލާހީ ހަރަކާތާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ގއ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު ސައުދު މިހެން ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގެންނެވިކަން ރާއްޖެ ޓީވީއަށް ކަށަވަރުކޮށްދެއްވާ ރާއްޖެ ޓީވީގެ 60 މިނިޓް ޕްރޮގްރާމަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ސައުދު ވިދާޅުވީ އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ޕީޕީއެމްގެ ރައީސަކީ އަދިވެސް ރައީސް މައުމޫން ކަމަށެވެ. ސަބަބަކީ ޕީޕީއެމްގެ ކޮންގރެސްއަކުން ޕީޕީއެމްގެ ޢާއްމު މެންބަރުންގެ ވޯޓަކުން އިންތިޚާބު ކުރައްވާފައިވާ ރައީސަކީ ރައީސް މައުމޫން ކަމަށް ވުން ކަމަށް ސައުދު ވިދާޅުވިއެވެ. އެހެންކަމުން ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ކުރައްވާ ކަންތައްތަކާއެކު އެމަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް މައުމޫނުގެ ޚިދުމަތްތައް މި ގައުމުން ފުހެ ނުލެވޭނެ ކަމަށެވެ.

ސައުދު ވިދާޅުވީ ސައުދުގެ ނިންމެވުމަކީ އެއީ ކަމަށާއި ރައީސް މައުމޫނާއެކު ރައީސް މައުމޫންގެ ޕާޓީ ކުރިއެރުވުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެގޮތުގައި ކިހާ ސާބިތު ކަމާއެކު ހުންނަވާނަންތޯ ރާއްޖެ ޓީވީން ދެންނެވުމުން ސައުދު ވިދާޅުވީ އަބަދުވެސް ހުންނަވަނީ ސާބިތު ކަމާއެކުގައި ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ހުންނަވާނީ އެގޮތުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު