Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިންނަށް ހަމަލާ ދިނުން

ހުޅުމާލޭގައި ބިދޭސީންނަށް ދިން ހަމަލާ: ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ދިން އިންޒާރެއް!

29 އެޕްރީލު 2020 | ބުދަ 20:38

4 މީހަކު ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 29 އެޕްރީލު 2020 | ބުދަ 20:38
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައި ބިދޭސީންތަކަކަށް ދިން ހަމަލާއަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތައް ބަދަލުހިފުމަށް ދިން ހަމަލާއެއްކަމަށް މޯލްޑިވިސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ހުޅުމާލޭގައި ފެބްރުއަރީ 4 ވަނަ ވަނަ ދުވަހުގެރޭ 3 ފަތުރުވެރިއަކަށް ދިން ހަމަލާއަކީ، މިދިޔަ އަހަރު ކަމާގުޅޭ އިދާރާތައް ގުޅިގެން، ހަރުކަށި ފިކުރާއި ދެކޮޅަށް ކުރި މަސައްކަތަށް ބަދަލު ހިފުމަށް ދިން ހަމަލާއެއްކަމަށް މިހާތަނަށް ތަހުގީގުން ކަށަވަރުވެފައިވާކަމަށެވެ. އެގޮތުން އެއީ 2019 ވަނަ އަހަރު ތެރޭގައި ރ. މަޑުއްވަރީގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ފަރާތުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅެ އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކޮށް އެފަދަ ބައެއް ފަރާތްތަކުގެ ދަރިންނާއިމެދު އިހުމާލުވާ މައްސަލަތަކުގައި އެކުދީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކާމާއި ހިތްހަމަނުޖެހި މެސެޖެއްދީ އެކަން ހުއްޓުމަށް މަޖުބޫރުކުރަން ދިން ހަމަލާއެއްކަމަށް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

ތަފްސީލް ހިއްސާކުރައްވަމުން އޭސީޕީ ރިޔާޒު ވިދާޅުވީ، ހާދިސާގެ މައުލޫމާތު ލިބުމާއި އެކު ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލެއަށް ތަހުގީގު ޓީމެއް ފޮނުވާފައިވާނެކަމަށާއި އަނިޔާ ލިބުނު މީހުން ހޮސްޕިޓަލަށް ގެންދިޔަ ފަރާތްތަކާއި އަނިޔާ ލިބުނު ފަރާތްތަކާއި ވާހަކަ ދެއްކިކަމަށެވެ. އެގޮތުން، ހާދިސާ ހިނގި ގޮތް ފުލުހުންނަށް ދެނެގަނެވިފައިވަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ އަމަލު ހިންގި ތަންތަން ލޮކޭޓްކޮށް، ލިބެން ހުރި ފުޓޭޖްތަކާއި ހުރިހާ ހެއްކެއް ދިރާސާކޮށް މައްސަލައިގެ ތުހުމަތު ކުރެވުނު ފަރާތްތައް ދެނެގަނެވުނު ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 8 މީހަކު ހައްޔަރުކުރެވިފައިވާކަމަށާއި އޭގެތެރެއިން 6 މީހަކު ފެބްރުއަރީ 13 ވަނަ ދުވަހު ހައްޔަރުކުރެވުނު ކަމަށެވެ. ފެބްރުއަރީ 13 ވަނަ ދުވަހު އެ މައްސަލައާއި ގުޅިގެން ހުޅުމާލެއިން 22 އަހަރުގެ ހަރުކަށި ފިކުރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގައި ފުލުހުން ވަނީ ހަރުކަށި ފިކުރުމުގެ 6 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މާރޗް މަހުގެ 2 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ 8 ވަނަ މީހާ ތ. ތިމަރަފުށިން ހައްޔަރުކުރިކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާގޮތުން، ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިއަކާއި ރާއްޖޭގައި މަސައްކަތް ކުރާ އޮސްޓްރޭލިއާ އަދި ޗައިނާގެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި އަމަލީ ގޮތުން 4 މީހަކު ބައިވެރިވެފައިވާކަމަށް ފާހަގަކުރެވުނު ކަމަށެވެ. އެމީހުން ހަމަލާދިނުމަށް ބޭނުންކުރި ސައިކަލްތަކުގެ ނަންބޯޑުތަކާއި ބޭނުންކުރި ވަޅި އަދި އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނުވެސް ހޯޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން، އެ ފަރާތްތައް ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް، ގެންގުޅޭ ބައެއް ޑިޖިޓަލް ޑިވައިސްތަކުން މައްސަލައާއި ގުޅުންހުރި، ޓެރަރިޒަމަށް ހިއްވަރުދޭ އަދި ޕްރޮމޯޓްކުރުމަށް ބޭނުންކޮށްފައިހުރި ބައެއް މުއާމަލާތްތައް ފެނިފައިވާކަމަށެވެ. އޭސީޕީ ވިދާޅުވީ ، މި ހަމަލާއަކީ މާލެ ސަރަހައްދުގައި އުޅޭ ހަރަކަށި ފިކުރުގެ ސެލްއެއްގެ ބަޔަކު ހިންގައިގެން އުޅޭކަމެއް ކަމަށާއި އެމީހުން ހަމަލާދިން ތަންތަނާއި ހުޅުމާލެއަށް ދިޔަ ރޫޓްވެސް އެނގިފައިވާކަމަށެވެ.

ހަމަަލާދިން މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕީޖީ އޮފީހަށް ދައުވާކުރުމަށް އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް