Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހެލްތް މިނިސްޓަރު ޚިލާފުވެޑައިގެންފި: މަޖިލިސް ރައީސް

28 އެޕްރީލު 2020 | އަންގާރަ 14:02

މުއްދަތު ހަމަވި އިރުވެސް ޖަވާބު ލިޔުމުން އަރުވާފައި ނުވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 28 އެޕްރީލު 2020 | އަންގާރަ 14:02
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ޚިލާފުވެޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ހެލްތް މިނިސްޓަރު އަމީން ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފުވެވަޑައިގެންފިކަމަށް ބުނެފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަހްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުالله އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮުނުއްވި ސުވާލަށް ޖަވާބު ފޮނުއްވާފައިނުވާތީއެވެ.

Advertisement - newsAdvertisement

މި ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސް 14 އެޕްރީލް 2020 ގައި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި ސުވާލު ނޯޓިސްއަށް ޖަވާބުދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ރައްޔިތުންގެމަޖިލީހުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން އެރުވުނު 14 ދުވަހުގެ ނޯޓިހުގެ މުއްދަތު 27 އެޕްރީލް 2020 ގެނިޔަލަށް ހަމަވެ، ޖަވާބުދެއްވުމަށް އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް އެ މަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވިއިރުވެސް ޖަވާބު ފޮނުއްވާފައިނުވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރއޮފް ހެލްތް ޢަބްދުﷲ އަމީން ޚިލާފުވެޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ހައިތަމް ފޮނުއްވެވި ސިޓީގައިވަނީ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވެލައްވާ 10 ސުވާލެއް ހިމަނުއްވާފައެވެ. މެމްބަރު ހައިތަމްގެ ފަރާތުން މި ހުށައެޅުން ހުށައަޅުއްވާފައިވާއިރު، ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރތައް މާލެ އަންނާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނެވޭނެ ކަމަށް އޭރު މިނިސްޓަރ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މެމްބަރު ހައިތަމްގެ ފަރާތުން ވަނީ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، އެ މަސައްކަތް ކުރިއަށްދާ ޕްރޮސެސްގެ އިތުރުން، މިހާތަނަށް ވެންޓިލޭޓަރުތައް ލިބިފައި ނުވަނީ ކީއްވެތޯއާއި، އެކަމުގެ އެންމެ ފަހުގެ ޚަބަރަކީ ކޮބައިކަން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ އަރިހުން ސާފު ކުރެއްވުމަށް ހުށައަޅުއްވާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޙާލުބޮޑު ބަލިމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭއިރު، މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގަ އާއި، މާލޭގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލުތަކާއެކު ޖުމުލަ މުޅި ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރިކަމަށެވެ.

އޭގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވެސް ވަނީ 70 ވެންޓިލޭޓަރު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަކެތި ހުޅުމާލޭގައި މިހާރު ޤާއިމު ކުރެވޭ ފެސިލިޓީ ނިމެންވާއިރަށް ގެނެވޭނެ ކަމަށް މަބްރޫކު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް