Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްތެއްލި ކުޅިމަސް

ތެއްލި ކުޅިމަސް

26 އެޕްރީލު 2020 | އާދީއްތަ 10:35

ކުޅިމަސް ތަފާތު ރެސިޕީތަކުގައި ހަދާ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 26 އެޕްރީލު 2020 | އާދީއްތަ 10:35
ތެއްލި ކުޅިމަސް

ތެއްލި ކުޅިމަސް

ތެއްލި ކުޅިމަސް

ބޭނުންވާތަކެތި‪:

1. 500 ގްރާމް ކަނޑުމަސް

2. ބޮޑު އެއް ފިޔާ ( ދިގުކޮށް ތުނިކޮށް ކޮށާފައި)

3. އެއް ސައިސަމުސާ ލޮނުމެދު (ޕޭސްޓް)

4. އެއް ގިތެޔޮ މިރުސް

5. ދެ ހިކަނދިފަތް

6. ދެ ދަޅު ޓޮމާޓޯ ޕޭސްޓް

7. އެއް ސައިސަމުސާ ތެޅި މިރުސް

8. ކުޑަ ސަމުސަލެއްގެ ބައިސަމުސާ އޮރިގާނޯ

9. ކުޑަ ސަމުސަލެއްގެ ބައިސަމުސާ ރޯސްމެރީ

10. ކުޑަ ސަމުސަލެއްގެ ބައިސަމުސާ ބާސިލް

11. އެއް ސައިސަމުސާ ސޯޔާސޯސް

12. އެއް ސައިސަމުސާ އޮއިސްޓަރ ސޯސް

13. އެއް ސައިސަމުސާ އަސޭމިރުސް

14. ލޮނު (ރަހަލާވަރަށް)

15. ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ މަސް ކިއުބްކޮށް ކޮށާލާށެވެ. މަސްކޮޅު ކޮށާ ނިމުމުން އަސޭމިރުސް، ލޮނު، ސޯޔާ ސޯސް އެޅުމަށްފަހު ބްރައުން ވަންދެން ތެލުލާށެވެ. ތެލުލާ ނިމުމުން ފިޔާ، ލޮނުމެދު ޕޭސްޓް، ހިކަނދިފަތް، މިރުސް އެޅުމަށްފަހު ހަނާކޮށްލާށެވެ. ފިޔާތައް ވަޅޯވުމުން، ޓޮމާޓޯ ޕޭސްޓް، ސޯޔާސޯސް، އޮއިސްޓަރ ސޯސް، ލޮނު އެޅުމަށްފަހު 3 މިނިޓްވަރު ކައްކާލާށެވެ. އެއަށްފަހު ތެލުލި މަސްކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް އޮރިގާނޯ، ރޯސްމެރީ، ބާސިލް އެޅުމަށްފަހު އެއްކޮށްލާށެވެ. މިގޮތަށް 15 މިނިޓް ބެހެއްޓުމަށްފަހު އުނދުންމަތިން ބާލާށެވެ.

ނޯޓް:މި ކުޅިމަސް ހަދާނިމޭއިރު ހުންނާނީ ވަރަށް ހިކިކޮށެވެ. ރޮއްޓާ ޖަހައިގެން އަދި ބަތާ އެކުވެސް ކާލަން ވަރަށް މީރުވާނެއެވެ.

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
04 ސެޕްޓެމްބަރު 2025

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ
19 އޯގަސްޓު 2025

ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

19 އޯގަސްޓު 2025
ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް
15 އޯގަސްޓު 2025

ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

15 އޯގަސްޓު 2025
ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!
12 އޯގަސްޓު 2025

ރޮނާލްޑޯ ޖޯޖީނާ އަށް ކައިވެނި ހުށަހެޅީ 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކުން

12 އޯގަސްޓު 2025
ރޮނާލްޑޯ ޖޯޖީނާ އަށް ކައިވެނި ހުށަހެޅީ 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކުން
10 އޯގަސްޓު 2025

ޕެނަމާގެ ގީޝާ ކޮފީ އަނެއްކާ ވެސް އަގުގެ ތާރީޚީ ރެކޯޑެއް ހަދައިފި

10 އޯގަސްޓު 2025
ޕެނަމާގެ ގީޝާ ކޮފީ އަނެއްކާ ވެސް އަގުގެ ތާރީޚީ ރެކޯޑެއް ހަދައިފި
28 މާރިޗު 2025

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

28 މާރިޗު 2025
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
23 މާރިޗު 2025

ސްޓްރޯބެރީ ބްރައުނީސް

23 މާރިޗު 2025
ސްޓްރޯބެރީ ބްރައުނީސް
22 މާރިޗު 2025

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

22 މާރިޗު 2025
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް