Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1446

ސްޓްރޯބެރީ ބްރައުނީސް

މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭ ސްޓްރޯބެރީ ބްރައުނީސްއެއް. މި ތައްޔާރު ކުރާނީ ސްޓްރޯބެރީ ކޭކު މިކްސް ބޭނުންކޮށްގެންނެވެ. އަދި މީގެ މަތީގައި އައިސިންގގެ ގޮތުގައި ބޭނުން ކުރާނީ ތާޒާ ސްޓްރޯބެރީ ގްލޭޒްއެއް.

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 23 މާރިޗު 2025 | އާދީއްތަ 08:15
ސްޓްރޯބެރީ ބްރައުނީސް

ސްޓްރޯބެރީ ބްރައުނީސް

ބޭނުންވާ ތަކެތި

  • 1 ފޮށި ސްޓްރޯބެރީ ކޭކް މިކްސް
  • 1/2 ބަޓަރު، ވިރުވާފައި
  • 2 ބިސް
  • 2 ސަމުސާ ވެނިލާ އެސެންސް
  • 3 ސްޓްރޯބެރީ، (ކުދިކޮށް ކޮށާފައި)
  • 1/2 1 ޖޯޑު ހަކުރު، ނުވަތަ ބޭނުންވާ މިންވަރަށް
  • 1/4 ސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ އަވަން 350 ޑިގްރީ ފެރެންހައިޓް، 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލާށެވެ. ދެން ބޭކިންގ ޓްރޭގައި ތެޔޮފޮދެއް ހާކާފައި ބަހައްޓާށެވެ.

ކޭކް މިކްސް، ވިރުވާފައިވާ ބަޓަރު، ބިސް، އަދި 1 ސަމުސާ ވެނިލާ އެސެންސް ތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތައްޔާރުކޮށްފައިވާ ބޭކިންގ ޓްރޭ ގައި މިކްސްޗަރ އެއްވަރަކަށް އަޅާލާށެވެ.

ހޫނުކޮށްފައިވާ އަވަނުގައި 16 ނުވަތަ 18 މިނެޓަށް، ބޭކް ކޮށްލުމަށްފަހު، ބްރައުނީސް ޓްރޭގައި 20 މިނެޓު ވަރު ފިނިވާން ދޫކޮށްލާށެވެ.

އެއަށްފަހު، ސްޓްރޯބެރީ އާއި ބާކީ ހުރި ސަމުސާ ވެނިލާ އެސެންސް ފުޑް ޕްރޮސެސަރެއްގައި ނުވަތަ ބްލެންޑަރއަކުން ބްލެންޑްކޮށްލާށެވެ.

ސްޓްރޯބެރީ މިކްސްޗަރ ހަކުރާއެކު އޮމާންވަންދެން އެއްކޮށްލާށެވެ. ބޭނުންވެއްޖެނަމަ އިތުރަށް ހަކުރު އެޅިދާނެއެވެ. ދެން ލޮނު އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ.

ސްޓްރޯބެރީ ގްލޭޒް، ފިނިވެފައިވާ ބްރައުނީސްގެ މަތީގައި އެއްވަރަކަށް އުނގުޅާ އަދި މުޅިން ފިނިވަންދެން ބަހައްޓާށެވެ. ދެން ކިއުބްކޮށް ކަފާލުމަށްފަހު، ބޭނުންކުރަންދެން ފްރިޖުގައި ބަހައްޓާށެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2025

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

28 މާރިޗު 2025
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
05 މާރިޗު 2025

ޕީނަޓް ބަޓަރ ބްރައުނީސް

05 މާރިޗު 2025
ޕީނަޓް ބަޓަރ ބްރައުނީސް
02 އެޕްރީލު 2023

ލެމަން ބްރައުނީސް

02 އެޕްރީލު 2023
ލެމަން ބްރައުނީސް
26 މާރިޗު 2023

ސްޓްރޯބެރީ ޔޯގަޓް ކްރީމް ރައިސް ކޭކް

26 މާރިޗު 2023
ސްޓްރޯބެރީ ޔޯގަޓް ކްރީމް ރައިސް ކޭކް
07 އެޕްރީލު 2022

ނަޓެއްލާ ބްރައުނީސް

07 އެޕްރީލު 2022
ނަޓެއްލާ ބްރައުނީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު