Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1446

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

މިއީ ސޮސެޖް އަދި އަލުވި ބޭނުންކޮށްގެން ތައްޔާރުކުރެވޭ ކެސެރޯލް ޑިޝްއެކެވެ. ކެސެރޯލްއަކީ އާންމުކޮށް އަވަނުގައި ފިހޭ، ގިނަ އިންގްރީޑިއަންޓްތަކެއް އެކުލެވޭ ޑިޝްއެއް. މި ކެސެރޯލްގައި މައިގަނޑު އިންގްރީޑިއަންޓްތަކުގެ ގޮތުގައި ސޮސެޖް އަދި އަލުވި ބޭނުންކުރި ނަމަވެސް، ބޭނުންވާ އެހެން ބާވަތްތައް ވެސް ބޭނުންކޮށްލެވިދާނެއެވެ. މިއީ ފަސޭހައިން ތައްޔާރުކުރެވޭ، ރަހަ މީރު، އަދި ގިނަ ބަޔަކަށް ކަމުދާނެ ޑިޝްއެއް.

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 22 މާރިޗު 2025 | ހޮނިހިރު 07:36
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ބޭނުންވާ ތަކެތި

  • 3 ބޮޑު އަލުވި، 1/8 އިންޗި ބޯމިނަށް ފޮތިކޮށް ކޮށާފައި
  • 1 ޕެކެޓް ސޮސެޖް
  • 1/2 ޖޯޑު ފިޔާ (ކިއުބްކޮށް ކޮށާފައި)
  • 1/2 ޖޯޑު ރެޑް ބެލް ޕެޕަރ
  • 1 ދަޅު ކްރީމް އޮފް މަޝްރޫމް ސޫޕް
  • 3/4 ޖޯޑު ކިރު
  • 2 ޖޯޑު ގާނާފައިވާ ޗީޒް
  • 1/2 ސައިސަމުސާ އަސޭމިރުސް
  • ޗައިވްސް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ އަވަން 350 ޑިގްރީ ފެރެންހައިޓް، 175 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލާށެވެ. ބޭކިން ޓްރޭއެއްގައި ތެޔޮ ހާކާފައި ބަހައްޓާށެވެ.

ދެން ފޮތިކޮށްފައިވާ އަލުވި ބޮޑު ސޯސްޕޭނެއްގައި ލޮނުކޮޅެއް އަޅާފައި 5 މިނިޓް ކައްކާލާށެވެ. ސޮސެޖް މިކްސްޗަ ތައްޔާރުކުރުމަށް ފްރައިޕޭނެއްގައި ސޮސޭޖް ކުދިކޮށް ކޮށާލާފައި ރޯފިލަންދެން މަޑު ގިނީގައި ފްރައިކޮށްލާށެވެ. ދެން އޭގެ ތެރެއަށް ފިޔާ، ބެލްޕެޕަރ އިތުރުކޮށްލުމަށްފަހު، ގާތްގަނޑަކަށް 3 މިނެޓު ނުވަތަ މަޑުވާން ފަށަންދެން ކައްކާލުމަށްފަހު، ސޮސެޖް މިކްސްޗަރ އެއްފަރާތުގައި ބަހައްޓާށެވެ.

ބޯ ތައްޓެއްގައި ސޫޕް އަދި ކިރު އެއްކޮށް އަޅާލުމަށްފަހު، 3/4 ޖޯޑު ޗީޒް އަދި އަސޭމިރުސް އެއަށް އަޅާލާށެވެ. ދެން ކުރިން ތައްޔާރުކޮށްފައިވާ ބޭކިން ޓްރޭގައި، އަލުވި މިކްސްޗަރގެ ދެބައިކުޅަ އެއްބައި، ސޫޕް މިކްސްޗަރ، އަދި ސޮސެޖް މިކްސްޗަރ ލޭޔަރެއް ހެން އަޅާލާށެވެ. ދެން އަނެއްކާވެސް އެގޮތަށް ރިޕީޓް ކޮށްލާށެވެ. އެއަށްފަހު، މަތި ބަންދުކޮށްގެން އަލުވި މަޑުވަންދެން، 45 ނުވަތަ 50 މިނެޓަށް ބޭކްކޮށްލާށެވެ. ބާކީ އޮތް 1 1/4 ޖޯޑު ޗީޒް މައްޗަށް އަޅާލާށެވެ. ދެން މަތި ނަގާގާލުމަށްފަހު، ޗީޒް ވިރެންދެން، 10 މިނެޓަށް ބޭކްކޮށްލާށެވެ.

ކެއުމުގެ ކުރިން 15 މިނެޓު ބެހެއްޓުމަށްފަހު ޗައިވްސް އިން ގާނިޝް ކޮށްލާށެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2021

ވެޖްޓެބަލް ކެސެރޯލް ވިތް ޗިކެން ބްރެސްޓް

25 އެޕްރީލު 2021
ވެޖްޓެބަލް ކެސެރޯލް ވިތް ޗިކެން ބްރެސްޓް
13 އެޕްރީލު 2021

ޕޮޓޭޓޯ ބްރެޑް ސަމޯސާ

13 އެޕްރީލު 2021
ޕޮޓޭޓޯ ބްރެޑް ސަމޯސާ
23 މެއި 2020

ޕޮޓޭޓޯ އޮމްލެޓް ސޭންޑްވިޗް

23 މެއި 2020
ޕޮޓޭޓޯ އޮމްލެޓް ސޭންޑްވިޗް
22 މެއި 2020

ބީފް ކަރީ ވިތު ޕޮޓޭޓޯ

22 މެއި 2020
ބީފް ކަރީ ވިތު ޕޮޓޭޓޯ
16 މެއި 2020

ޗިލީ ސޮސެޖް

16 މެއި 2020
ޗިލީ ސޮސެޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު