Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ކޮތަރު

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

ޕެރިހުގައި ކޮތަރު އާންމުކޮށް ފެންނަ ސަރަހައްދު ތަކަކީ މައިގަނޑު ގޮތެއްގައި މީހުން ދިރިއުޅޭ ތަންތަނާއި، އާންމުކޮށް މީހުން ގިނައިން ޖަމާވާ ތަންތަނެވެ. ކޮންމެ ދުވަހަކު ވެސް، ޕެރިސް އަށް ނިސްބަތްވާ ކެތަރީން ހަރވޭސް، ޕެރިހުގެ މެދުތެރޭ ގައި ހުންނަ ޕޮމްޕިޑޫ ސެންޓަރ ކައިރީގައިވާ ހުސްބިމަކަށް ގޮސް، ބަލިވެފައިވާ ކޮތަރުތަކަށް އެހީތެރިވެ އެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 09:12
ޕެރިހުގެ ސައިކޮލޮޖިސްޓް ކެތަރިން ހަރވޭސް، ކޮތަރަށް ފަރުވާ ދިނުމަށް އޭނާގެ ދުވަހުން ދުވަހަށް ކުރާ މިޝަންގައި، ނޮވެމްބަރު 4، 2025 ގައި

ޕެރިހުގެ ސައިކޮލޮޖިސްޓް ކެތަރިން ހަރވޭސް، ކޮތަރަށް ފަރުވާ ދިނުމަށް އޭނާގެ ދުވަހުން ދުވަހަށް ކުރާ މިޝަންގައި، ނޮވެމްބަރު 4، 2025 ގައި

ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި ކޮތަރަކީ އާންމު ކޮށް ވަރަށް ގިނައިން ފެންނަ ދޫންޏެކެވެ. އެއީ ޕެރިހުގެ މުހިންމު އެއް ބަޔޭ ވެސް ބުނެވިދާނެ އެވެ. މި ކޮތަރުތައް ޕެރިހުގެ އެކި ކަންކޮޅުތަކުން ފެނެ އެވެ. ޚާއްސަކޮށް ބޮޑެތި ޕާކުތަކާއި މައިދާންތަކުންނާއި، މަޝްހޫރު ބިނާތަކުގެ ސަރަހައްދުތަކުން މީހުންނާ ވަރަށް ގާތުން އެތައް ކޮތަރެއް ފެނެ އެވެ. އެގޮތުން ކެތެޑްރަލް، ލޫވްރް މިއުޒިއަމް، އައިފިލް ޓަވަރު، ލަގްޒަމްބާގް ގާޑަންސް، ޕްލޭސް ޑެ ލާ ކޮންކޯޑް ފަދަ މައިދާން ތައް ކައިރީގައި އަބަދުވެސް ކޮތަރުތައް ހަރަކާތްތެރިވެ އުޅެ އެވެ.

ޕެރިހަށް ޒިޔާރަތްކުރާ މީހުންނާއި، އެ ޝަހަރު ގައި ދިރިއުޅޭ ބައެއް މީހުން، ކޮތަރުތަކަށް ކާނާ ދިނުމަކީ ވަރަށް އާންމު ކަމެކެވެ. ނަތީޖާއެއްގެ ގޮތުން، އެ ކޮތަރުތައް މީހުންނާ ވަރަށް ބޮޑަށް ގުޅެ އެވެ.

ކޮތަރުތަކުގެ ޞިއްޙަތަށް އަބަދުވެސް ސަމާލުކަން ދީ، އެއްވެސް ބަދަލެއް ފާހަގަވެއްޖެ ނަމަ އަވަހަށް ފިޔަވަޅު އެޅުމަކީ އެތަކެތި ދިރިހުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ދައްކަން މިއުޅެނީ ކޮތަރުތަކަށް އެހީތެރިވެދޭ ޕެރިހުގެ ރައްޔިތެއްގެ ވާހަކަ އެވެ.

އޭނާގެ މަސައްކަތަކީ ސިއްހީ މައްސަލަތައް ދިމާވެފައިވާ ކޮތަރުތަކަށް އެހީވުމެވެ. ފައި ހަލާކުވެ، އިނގިލިތައް ބުރިވެފައިވާ ކޮތަރު ތަކުގެ ހާލަތު ރަނގަޅު ކުރަން އޭނާ އެތައް މަސައްކަތެއް ކުރެއެވެ.

ކޮތަރުތަކަށް ސިއްހީ ގޮތުން ގެއްލުން ވަނީ އެތަކެތީގެ ހަށިގަނޑު ގައި ހުންނަ ކުނި ނުވަތަ ބަލިތަކެއް ގެ ސަބަބުން ކަމަށް ގިނަބަޔަކު ދެކޭއިރު، ސައިންސްވެރިން ބުނާ ގޮތުގައި މި މައްސަލަ ދިމާވަނީ ކޮތަރުގެ ފައިގަޔާއި ގުނަވަންތަކުގައި، އިންސާނުންގެ އިސްތަށި ފަދަ ތަކެތި ތާށިވެ، ލޭ ހިނގުން ހުއްޓިގެންނެވެ. "ސްޓްރިންގް ފުޓް" ގެ ނަމުން މަޝްހޫރު މި ހާލަތުގެ ސަބަބުން ކޮތަރުގެ އިނގިލިތައް ނުވަތަ ފައިގެ ބޮޑުބައި ގެއްލިދާނެ އެވެ.

ކޮންމެ ދުވަހަކު ވެސް، ޕެރިސް އަށް ނިސްބަތްވާ ކެތަރީން ހަރވޭސް، ޕެރިހުގެ މެދުތެރޭ ގައި ހުންނަ ޕޮމްޕިޑޫ ސެންޓަރ ކައިރީގައިވާ ހުސްބިމަކަށް ގޮސް، ބަލިވެފައިވާ ކޮތަރުތަކަށް އެހީތެރިވެ އެވެ. އޭނާ އެތަކެއްޗަށް ކާން ދީގެން ގާތް ކުރުމަށް ފަހު، ތޫނު އެއްޗެއް ބޭނުން ކޮށްގެން ފައިގައި ތާށިވެފައިވާ ތަކެތި ސަމާލުކަމާއެކު ނައްޓަ އެވެ.

ހަރވޭސް ބުނި ގޮތުގައި، އޭނާ ބޭނުން ވަނީ އެ ސަރަހައްދު ގައި ފަޔަށް ގެއްލުންވެ ބަލިވެފައިވާ ގިނަ ކޮތަރުތައް ރަނގަޅުކޮށް އުޅެވޭނެ ގޮތް ހެދުމަށެވެ.

"މިކަމުން އަހަރެންނަށް އަސަރުކުރާ އިރު، ދުނިޔެ ބަދަލުކުރުމުގެ ބާރެއް އަހަރެންނަކަށް ނުލިބޭނެ. އެހެންކަމުން އަހަރެންނަށް ކުރެވޭ ކަމެއް ކުރާނަން އަދި އެހީތެރިވެވޭނެ ހިނދެއްގައި އެހީތެރިވާނަން."

ޕެރިހުގެ ސައިކޮލޮޖިސްޓް ކެތަރިން ހެރްވައިސް ފްރާންސްގެ ޕެރިހުގައި ހުންނަ ސެންޓަރ ޕޮމްޕިޑޫ ގެ ކުރިމަތީގައި
ޕެރިހުގެ ސައިކޮލޮޖިސްޓް ކެތަރިން ހެރްވައިސް ފްރާންސްގެ ޕެރިހުގައި ހުންނަ ސެންޓަރ ޕޮމްޕިޑޫ ގެ ކުރިމަތީގައި

ބައެއް މީހުން ކޮތަރުތައް ޝަހަރުގެ ރީތިކަމާއި ފުރިހަމަ ކަމުގެ ބަޔެއްގެ ގޮތުގައި ދެކެ އެވެ. އަދި ޝަހަރުގެ މަޝްހޫރު މަންޒަރުތައް ފުރިހަމަކޮށްދޭ އެއްޗެއްގެ ގޮތުގައި ވެސް ދެކެ އެވެ. އެކަމަކު އެކަމާ ޚިޔާލު ތަފާތު މީހުން ވެސް އުޅެއެވެ. އެ ފަދަ މީހުން ސިފަ ކުރާ ގޮތުގައި ކޮތަރަކީ "އުދުހޭ މީދާ" އެވެ. އެއީ އެތަކެތީގެ ސަބަބުން އިމާރާތްތަކަށް ގެއްލުންވުމާއި، ޚާއްސަކޮށް އެތަކެތީގެ ކުނި، ސިއްހީ ގޮތުން ބައެއް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާތީ އެވެ.

މަސްދަރު: ރޮއިޓަރސް

ޕެރިސްކޮތަރުކެތަރީން ހަރވޭސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގައި ފުލުހުން 17 އަހަރުގެ ކުއްޖެއް ގަޔަށް ބަޑިޖަހައި މަރާލުމުން، މުޒާހަރާ ކުރަނީ

ޕެރިހުގައި ފުލުހުން 17 އަހަރުގެ ކުއްޖެއް ގަޔަށް ބަޑިޖަހައި މަރާލުމުން، މުޒާހަރާ ކުރަނީ

29 ޖޫން 2023
ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

25 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު