Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ ޖޯޖީނާ އަށް ކައިވެނި ހުށަހެޅީ 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކުން

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 2016 އިން ފެށިގެން އޭނާގެ ހަޔާތުގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަށް 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކާ އެކު ކައިވެނީގެ ހުށަހެޅުމެއް ހުށަހަޅައިފި. ދެމީހުންގެ އެންގޭޖްމަންޓް ހަބަރު ހާމަވެގެން ދިޔައީ، ރޮޑްރިގެޒް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި "އައި ޑޫ" މި ލިޔުމާއެކު އެ އަނގޮޓީގެ ފޮޓޯ ޝެއަރ ކުރުމާ ގުޅިގެން.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 03:10
ޕޯޗުގީޒް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖިނާ ރޮޑްރިގޭޒް ސައުދީ އަރަބިއްޔާގެ ޕްރައިވެޓް އެއަރޕޯޓަކަށް ފޭބުމުން މަރުހަބާ ކިޔަނީ

ޕޯޗުގީޒް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖިނާ ރޮޑްރިގޭޒް ސައުދީ އަރަބިއްޔާގެ ޕްރައިވެޓް އެއަރޕޯޓަކަށް ފޭބުމުން މަރުހަބާ ކިޔަނީ

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގޭޒް އެންގޭޖްމަންޓް އިއުލާން ކޮށްފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ގިނަ ދުވަސްވީ ޕާޓްނަރ ޖޯޖީނާ ރޮޑްރިގޭޒް އަށް ކައިވެނި ހުށަހެޅި ވާހަކަ ހާމަވެގެން ދިޔައީ ރޮޑްރިގެޒް އިންސްޓަގްރާމް ގައި ބޮޑު އޯވަލް-ކަޓް ޑައިމަންޑް އަނގޮޓިއެއްގެ ފޮޓޯ ޝެއަރ ކުރުމާއި އެކުގައެވެ.

2016 ވަނަ އަހަރު މެޑްރިޑްގެ ގުޗީ ފިހާރައަކުން ދިމާވި މި ދެމީހުން މިހާރު ވަނީ ތިން ކުދިން ހޯދާފައެވެ. އަދި ރޮނާލްޑޯގެ އެންމެ ބޮޑު ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއަރ ވެސް ބަލަހައްޓަމުން ގެންދަނީ ދެމީހުން ވެގެންނެވެ.

ރޮޑްރިގޭޒް އޭނާގެ ޕޯސްޓްގައި ސްޕެނިޝް ބަހުން ލިޔެފައިވަނީ، "އައި ޑޫ. މި ދިރިއުޅުމުގައި އަދި އަހަރެންގެ ހުރިހާ ދިރިއުޅުމެއްގައި ވެސް" މިފަދައިންނެވެ.

ޖުވެލަރީ މާހިރުންގެ ލަފާ ކުރާ ގޮތުގައި، މި އަނގޮޓީގެ ބަރުދަނުގައި 25 އާއި 30 ކެރެޓް އާ ދެމެދުގައި ހުންނާނެ އެވެ. އަދި މީގެ އަގު 2 މިލިއަން އާއި 5 މިލިއަން ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް ގިނަ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މިހާރު ސައުދީ އަރަބިއްޔާ ގެ އަލް ނަސްރުގައި ކުޅެމުންދާ ރޮނާލްޑޯ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ރޮޑްރިގޭޒް އާ ކައިވެނި ކުރާނީ "ރަނގަޅު ވަގުތު" އައުމުން ކަމަށް ބުނެފައިވެއެވެ.

މި ޖޯޑު ވަނީ 2022 ގައި އެމީހުންގެ ނިއުބޯން ޓްވިންސްގެ ތެރެއިން އެއް ކުއްޖަކު ގެއްލުމުގެ ހިތާމަވެރި ހާދިސާއާ ވެސް ކުރިމަތިލާން ޖެހިފައެވެ.

Loading Instagram post...

މި އެންގޭޖްމަންޓް އިއުލާން ކުރެވުނީ ރޮނާލްޑޯ ސައުދީ ޕްރޯ ލީގްގައި ކުޅެމުންދާ ސީޒަންގައެވެ. އޭނާ އަކީ މިހާރު ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

19 އޯގަސްޓު 2025
ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

15 އޯގަސްޓު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު