Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ޖޯޖިއޯ އަރްމާނީ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

އުމުރުން ދުވަސްވީ އިރު ވެސް ހުއްޓުމެއް ނެތި މަސައްކަތް ކޮށް، ފެޝަނުގެ އިތުރުން ކުޅިވަރާއި ލަގްޒަރީ ހޮޓާތަކުގެ ދާއިރާއަށް އޭނާގެ ވިޔަފާރި ފުޅާކުރި މި ބިލިއަނަރަކީ އިޓަލީގެ ފެޝަން ގެ ނަމޫނާއެކެވެ.

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 15:31
އަރްމާނީ - އަންހެނުނާއި ފިރިހެނުންގެ ހެދުމަށް އިންގިލާބީ ބަދަލެއް ގެނައި

އަރްމާނީ - އަންހެނުނާއި ފިރިހެނުންގެ ހެދުމަށް އިންގިލާބީ ބަދަލެއް ގެނައި

އިޓަލީގެ ފެޝަން ޑިޒައިނަރު އަދި ބިލިއަނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެއެވެ.

އެނާ މަރުވި އިރު އުމުރަކީ 91 އަހަރެވެ.

އޭނާ އަކީ އިޓަލީގައި އުފެދުނު ސްޓައިލް އަދި އެލެގެންސްގެ ނަމޫނާއެކެވެ. އަދި ފިރިހެނުންނާއި އަންހެނުންގެ ހެދުން ޒަމާނީ ޒަމާނީ ކޮށް މުޅިން އައު ގޮތަކަށް ފަރުމާކުރި ފަރާތެކެވެ.

ފެޝަން ކުންފުންޏެއްގެ ގޮތުގައި ފެށުނު އަރްމާނީ، މިއުޒިކާއި، ކުޅިވަރު އަދި ލަގްޒަރީ ހޮޓާ ވިޔަފާރީ އަށް ފުޅާވެގެން ދިޔައެވެ. އޭނާ އަކީ ފެޝަން އާއި ވިޔަފާރީގެ ދާއިރާ ގައި އިޙްތިރާމް ލިބިފައިވާ މަހުޖަނެކެވެ.

އޭނާގެ ކުންފުންޏަށް އަހަރަކު 2 ބިލިއަން ޕައުންޑަށްވުރެ ގިނަ އާމްދަނީ ލިބެއެވެ.

ބްރޭންޑްގެ އިންސްޓަގްރާމް ޕޭޖްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރްމާނީ "އެންމެ ފަހު ދުވަސްތަކާ ހަމައަށް ވެސް ގެންދިޔައީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އަދި ކުންފުންޏަށާއި، ކަލެކްޝަންތަކަށް އަދި ކުރިއަށް ހުރި ގިނަ މަޝްރޫޢުތަކަށް އަމިއްލަ ނަފްސު އިންވެސްޓް ކުރިއެވެ." އަދި އިތުރަށް ބުނެފައިވަނީ އޭނާއަކީ "އެންމެ ފަހު ވަގުތާ ހަމައަށްވެސް ވަރުބަލިކަމެއް ނެތް" މީހެއް ކަމަށެވެ.

ފެޝަން ޑިޒައިންގެ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުގެ އިތުރުން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވެސް އޭނާ މަރުވި ޚަބަރާ އެކު ހިތާމަ ފާޅުކުރެއްވި އެވެ.

މިއަހަރުގެ ޖޫން މަހު މިލާން ފެޝަން ވީކުގައި އަރްމާނީ ނުފެނުމާ ގުޅިގެން އޭނާގެ ސިއްޙަތާމެދު ކަންބޮޑުވުން އުފެދުނެވެ.

މެޑިސިންގެ ދާއިރާ އިން ކެރިއަރ ފަށައި، 1960 ގެ އަހަރުތަކުގައި ފެޝަންގެ ދާއިރާ އަށް ބަދަލުވެ، 1975 ގައި މަރުވި އަރްމާނީގެ ވިޔަފާރި ޕާޓްނަރު ސަރޖިއޯ ގަލެއޮޓީ އާއެކު އަމިއްލަ ލަގްޒަރީ ލޭބަލް އުފެއްދިއެވެ.

އޭނާ އަކީ ފެޝަނުން ބޭރުގައި، ކުޅިވަރަށް ލޯބިކުރާ މީހެކެވެ. އަދި ސެރީ-އާ ފުޓްބޯޅަ ޓީމް އިންޓަރ މިލާނަށް ތާއީދުކުރުމުގެ އިތުރުން އޮލިމްޕިއާ މިލާނޯ ބާސްކެޓްބޯޅަ ޓީމްގެ ވެރިފަރާތެވެ.

ފެޝަން ބްރޭންޑް ސްކުޑެރިއާ ފެރާރީ އެފް1 ޓީމާއެކުވެސް ޕާޓްނަރޝިޕެއް އޮތެވެ. އެޓީމުގެ ޑްރައިވަރެއްކަމަށްވާ ޗާލްސް ލެކްލާކް އިންސްޓަގްރާމްގައި ލިޔެފައިވަނީ "މިފަދަ އަޖައިބެއް ފަދަ މީހަކާ ބައްދަލުވެ މަސައްކަތްކުރުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެކެވެ."

އަރްމާނީ އަށް ފެޝަންގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކަށްޓަކައި ފްރެންޗް ލީޖަން އޮފް އޮނަރ އަދި އިޓާލިއަން އޯޑަރ އޮފް މެރިޓް ފޯ ލޭބަރ ލިބިފައިވެއެވެ.

މަސްދަރު: ބީބީސީ

ޖޯޖިއޯ އަރމާނީފެޝަން ޑިޒައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

19 އޯގަސްޓު 2025
ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

15 އޯގަސްޓު 2025
ރޮނާލްޑޯ ޖޯޖީނާ އަށް ކައިވެނި ހުށަހެޅީ 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކުން

ރޮނާލްޑޯ ޖޯޖީނާ އަށް ކައިވެނި ހުށަހެޅީ 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކުން

12 އޯގަސްޓު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު