Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ބިދޭސީން

ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ބިދޭސީންގެ އަދަދު 100 އަށް ވުރެ މައްޗަށް

26 އެޕްރީލު 2020 | އާދީއްތަ 04:31

މީގެ ތެރޭގައި ބަންގްލަދޭޝްގެ 75 މީހަކު ހިމެނޭ

އަމަން ހަލީމް
އަމަން ހަލީމް | 26 އެޕްރީލު 2020 | އާދީއްތަ 04:31
ބިދޭސީ މަަސައްކަތްތެރިއެއް: ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ހިމެނޭ

ބިދޭސީ މަަސައްކަތްތެރިއެއް: ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ހިމެނޭ

ރާއްޖެއިން ފެނިފައިވާ ކޮވިޑް-19 ކޭސްތަކުގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އަދަދު 102 ށް އަރައިފި އެވެ.

ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝްގެ 75 މީހަކާއި، އިޓަލީވިލާތުގެ 11 މީހަކާއި، އިންޑިއާގެ 10 މީހަކާއި، ސްރީލަންކާގެ 2 މީހެއްގެ އިތުރުން ދެކުނު އެފްރިކާ، ތުރުކީވިލާތް، އިނގިރޭސިވިލާތް، ޖަރުމަންވިލާތް ހިމެނޭގޮތަށް ކޮންމެ ގައުމަކުން އެކަކު ވަނީ ފެނިފަ އެވެ.

Advertisement - newsAdvertisement

މި އަދަދުގެ ތެރޭގައި ރާއްޖެއިން އެންމެ ފުރަތަމަ ފެނުނު އިމްޕޯޓަޑް ކޭސްތަކުގެ ތެރޭގައި ހިމެނޭ 10 ކޭސްއަކާއި، ކުރެއްދޫ އިން ފެނުނު ފަސް ކޭސްއަކާއި، މާލެ ސިޓީ ކޮމިއުނިޓީ ސްޕްރެޑްގެ ތެރެއިން ފެނިފައިވާ 87 ކޭސްއެއް ހިމެނެ އެވެ.

ބިދޭސީންގެ ތެރެއިން 13 މީހެއްގެ ބަލި ވަނީ ފަސޭހަވެފަ އެވެ. އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 87 ކޭސްގެ ތެރެއިން ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަނީ 85 މީހެކެވެ. އަނެއް ދެ މީހުންނަކީ ރާއްޖެއިން ބޭރުގައި ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިޓަލީގެ ދެ ފަރާތެކެވެ.

މާލެ ސިޓީ އިން ފެނިފައިވާ ކްލަސްޓަރތަކުގެ ތެރޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން ޖެހިފައިވާ ގިނަ އަދަދެއްގެ ބިދޭސީން ހިމެނެ އެވެ. އެގޮތުން އެޗްޕީއޭއިން އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިއުލާންކުރި 36 ކޭސްގެ ތެރޭގައި، މިފަދަ ތިން ތަނެއްގައި ދިރިއުޅޭ 30 މީހަކު ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

އެޕްރީލް މަހުގެ 12 ވަނަ ދުވަހު، އިމިގްރޭޝަނުން ވަނީ ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ހުޅުމާލެއަށް ބަދަލުކުރުމުގެ ޕްރޮގްރާމެއް ފަށާފަ އެވެ. މިފަދަ ފަރާތްތައް ބަދަލުކޮށްފައިވަނީ، ހުޅުމާލޭގައި އެކަމަށް ހާއްސަ ކޮށްފައިވާ ފެސިލިޓީއަކަށެވެ.

އެއަށް ފަހު، އެޕްރީލް މަހުގެ 21 ވަނަ ދުވަހު ފުލުހުން ވަނީ، ބަލިފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވޭ ހަ ތަނަކުން ވަދެ ނިކުމެ އުޅުން ކޮންޓްރޯލް ކުރަން ފަށާފަ އެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ނޫނީ އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ވަދެ ނިކުތުން ވަނީ މަނާކޮށްފަ އެވެ.

ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެއް ބަޔަކު ބައިތިއްބާފައިވަނީ އެޗްޑީސީއިން ހުޅުމާލޭގައި ބިދޭސީން ބޭތިއްބުމަށް ގާއިމްކޮށްފައިވާ 700 މީހުންގެ ޖާގައިގެ ފެސިލިޓީއަކާއި އަމީން ކޮންސްޓްރަކްޝަނުން ދީފައިވާ 1000 މީހުންގެ ޖާގައިގެ ފެސިލިޓީއެއްގަ އެވެ.

އޭގެ އިތުރުން ޖުމްލަ 6000 ބިދޭސީން ބޭތިއްބޭނެ ވަރުގެ ތަންތަން ގާއިމްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި 4000 ބިދޭސީން ބައިތިއްބާނެ ތަންތަނާއި ހުޅުމާލޭގައި 2000 ބިދޭސީން ބައިތިއްބާނެ ތަންތަން ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން

27 މާރިޗު 2017
މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން
26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް