Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްވަންއެންވަން

މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން

އިންފްލުއެންޒާއާ ގުޅިގެން 6 މީހުން މަރުވެއްޖެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 15:12
އައިޖީއެމްއެޗް ފްލޫ ކްލިނިކް

އައިޖީއެމްއެޗް ފްލޫ ކްލިނިކް

އިންފްލްއެޒާ އެޗްވަންއެންވަން ޖެހިގެން މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައިފި އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާދިއްތަ ދުވަހުގެ ނިއަލަށް ހަ މީހުން ވަނީ މަރުވެފަ އެވެ. އާދިއްތަ ދުވަހު 29 އަހަރުގެ މާބަނޑު މީހަކު ވަނީ މަރުވެފަ އެވެ. މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ބުނީ ހަ މީހުން މަރުވެފައިވާ އިރު މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހު ދެ މީހަކު އިންފްލުއެންޒާ އެޗްވަންއެންވަންގައި މަރުވެފައިވާ ކަމަށެވެ. އެހެން ކަމުން އެމީހާ އިންފްލުއެންޒާއަށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ލިބިފައި ވަނީ އާދިއްތަ ދުވަހުކަމުން އެދަދު ހައަކަށް އިތުރުވީ އެވެ. އިންފްލުއެންޒާ ޖެހިގެން މަރުވި މީހުންގެ ލިސްޓަށް އިތުރުވެފައި ވަނީ އުމުރުން 80 އަހަރުގެ ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް 546 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކުރައްވާފައިވާ އިރު 199 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އަލަށް 23 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. މީގެ އިތުރުން މި ބަލީގައި 35 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މިދިއަ ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދަކީ 23 މީހުންނެވެ. އެހެން ކަމުން އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ރޯގާ ފެތުރެމުންދާ އިރު ހޯމަ ދުވަހު ވަނީ މާލެއިން އެކަނި 470 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް 175 މީހުން، އޭޑީކޭ އިން 57 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ވައިރަލް ހުން ޖެހިގެން، އަތޮޅުތަކުގެ ފްލޫ ކްލިނިކަށް 881 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި ވެއެވެ. އެގޮތުން މުޅި ޖުމްލަ 1351 މީހުންވަނީ މުޅި ރާއްޖެއިން ފްލޫ ކްލިނިކްތަކަށް ދައްކާފަ އެވެ. މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ހުކުރު ދުވަހާ ހޮނިހިރު ދުވަހަށް ވުރެ އާދިއްތަ ދުވަހު ވަނީ އިތުރުވެފަ އެވެ. ހޮނިހިރު ދުވަހު އާއްމުކުރި ތަފާސް ހިސާބުތަކުން ޑޮކްޓަރަށް ދައްކާފައި ވަނީ 1,234 މީހުންނެެވެ.

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައި ވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެދުވަހު އަތޮޅުތެރެ އާއި މާލެއިން ފްލޫ ކްލިނިކުން 1551 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.

ހޯމަ ދުވަހު އަތޮޅުތަކުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ، ބ. އަތޮޅާއި ހދ. އަތޮޅެ އެވެ. އެގޮތުން ބ. އަތޮޅުގެ ފްލޫ ކްލިނިކަށް 89 މިހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ރ. އަތޮޅުގައި ޑޮކްޓަރަށް ދައްކާފައިވަނީ 80 މީހުންނެވެ. މީގެ އިތުރުން ލ. އަތޮޅުގެ ފްލޫ ކްލިނިކްތަކަށް 55 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު އައްޑޫ ސިޓީން އަތޮޅުގެ ފްލޫ ކްލިނިކްތަކަށް 68 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ސްކޫލުތަށް އިތުރު ތިން ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު