Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ކޯލް ސެންޓަރުގެ ޚިދުމަތް

ފުލުހުންގެ ކޯލް ސެންޓަރުގެ ޚިދުމަތް ފުޅާކުރަނީ

ހިދުމަތަށް ފަސޭހައިން އެދެވޭނެ އޮންލައިން ޕޯޓަލް އެއް ވަނީ ތަޢާރަފްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އެޕްރީލު 2020 | ބުރާސްފަތި 09:38
ފުލުހުންގެ ކޯލް ސެންޓަރުގެ މަސައްކަތްކުރިޔަށް ދަނީ

ފުލުހުންގެ ކޯލް ސެންޓަރުގެ މަސައްކަތްކުރިޔަށް ދަނީ

މާލެ ލޮކްޑައުންކޮށްފައިވާ ހާލަތުގައި ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ގާއިމުކުރި ކޯލް ސެންޓަރުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅިގެން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަމަށް އެދި ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް އެއްފަހަރާ ޖަވާބު ދެވޭ އަދަދާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހިދުމަތަށް ފަސޭހައިން އެދެވޭނެ އޮންލައިންޕޯޓަލްއެއް ތައާރަފުކޮށްފައިވާ ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ސީޕީ ވަނީ އެދިވަޑައިގަންފައެވެ.

ސީޕީ މިގޮތަށް ޓްވީޓްކުރައްވާފައި މިވަނީ އެހީތެރިކަމަށް އެދި ފުލުހުންގެ ކޯލް ސެންޓަރުގެ ނަމްބަރަށް ނުގުޅޭ ކަމުގެ ޝަކުވާތައް އާންމުން ކުރަމުންދަނިކޮށެވެ. މީގެއިތުރުން ސީޕީ ވަނީ މިހާތަނަށް ކޯލް ސެންޓަރަށް ލިބިފައިވާ ކޯލުތަކާއި ޖަވާބު ދެވިފައިވާ އަދި ޖަވާބު ނުދެވިވާ ކޯލުތަކުގެ މައުލޫމާތުވެސް ހާމަކުރައްވާފައެވެ.

ޖުމްލަ ލިބުނު ކޯލްގެ އަދަދު: 2682

ޖަވާބު ދެވުނު ކޯލްގެ އަދަދު: 1464

ވެއިޓިންގ ކޯލްގެ އަދަދު: 25

ފުލުހުންގެ ކޯލް ސެންޓަރަށް އައި ކޯލުތަކުގެ ތެރެއިން ޖަވާބު ދެވިފައިވަނީ 54 އިންސައްތަ ކޯލުތަކަށެވެ.

ލޮކްޑައުން ހާލަތުގައި އާންމުން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ. ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުތުމުގެ ކުރިން ރިޕޯޓް ކުރުމަށް ފުލުހުންގެ ހޮޓްލައިނެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

ފުލުހުން ބުނީ ޒަރޫރީ ބޭނުމެއްގައި ބޭރަށް ދިޔުމުގެ ކުރިން 3034444 އަށް ގުޅައި ރަޖިސްޓަރ ކުރަން ޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު