Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ސިއްހީ ޚިދުމަތް

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ީ އޭޑީކޭ ހޮސްޕިޓަލުން "ކޮލިޓީ އެންޑް ސޭފްޓީ ސިމްޕޯޒިއަމް" ގެ ނަމުގައި ކުރިއަށް ގެންދާ ސިމްޕޯޒިއަމް އަކީ މުހިއްމު ބައްދަލުވުމެއް

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2017 | ބުދަ 12:09
ހެލްތް އެންޑް ސޭފްޓީ ސިމްޕޯޒިއަމްގެ ތެރެއިން Health and safety symposium

ހެލްތް އެންޑް ސޭފްޓީ ސިމްޕޯޒިއަމްގެ ތެރެއިން Health and safety symposium

ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ސިއްހީ ޚިދުމަތްދޭ ނިޒާމަށް އާންމުންގެ އިތުބާރު ބޭނުންވާ ކަމަށާއި އެކަމަށް ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން "ކޮލިޓީ އެންޑް ސޭފްޓީ ސިމްޕޯޒިއަމް" ގެ ނަމުގައި ކުރިއަށް ގެންދާ ދެ ދުވަހުގެ ބައްދަލުވުުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

Advertisement - newsAdvertisement

މިނިސްޓަރ ނާޒިމް ވިދާޅުވީ ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ފެށިފައި ވަނީ ވަރަށް އާދައިގެ ގޮތެއްގައި ކަމަށާއި އެކަން ތަރައްގީވަމުން ގޮސް، މުޅި ރާއްޖެއަށް ޚިދުމަތް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން، ހުސްނުވާ އާސަންދަ އާއި ކޮންމެ ރަށެއްގައި ސިއްހީ ޚިދުމަަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި، ގައިން ގަޔަށް އަރާ ބަލިތަކުން އެެއްކޮށް ރާއްޖެ ސަލާމަތް ކުރެވިފައިވާ އިރު، ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެހެންނަމަވެސް، ރާއްޖޭގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރެވިފައިވީ ނަމަވެސް ޚިދުމަތާމެދު އާންމުންގެ އިތުބާރު ނެތް ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި، މިއީ މިހާރު ރާއްޖޭގެ ހެލްތް ސެކްޓަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ވެސް މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.

"ކަންކަން އިތުރަށް ރަނގަޅުކުުރުމަށް އަބަދުވެސް ޖާގަ އެބައޮތް. ދަސްކުރަންޖެހޭ ރާއްޖޭގައި ރަނގަޅަށް ތަންފީޒުކުރެވޭ ކަންކަން. ކޮލިޓީ އަދި ސޭފްޓީ ސަގާފަތެއް (ރާއްޖޭގައި) ގާއިމްކުރެވިއްޖެނަމަ، މިހާރު ހެލްތް ސެކްޓަރަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތައް ހައްލުކުރެވިގެންދާނެ،" މިނިސްޓަރ ވިދާޅުވި އެވެ.

ސިމްޕޯޒިއަމް ފައްޓަވައިދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ އޭޑީކޭގައި ކޮލިޓީ އެންޑް ސޭފްޓީ ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް އެތައް އަހަރެއްގެ ކުރިން ފަށާފައިވާ ކަމަށެވެ. އުނދަގޫތަކަކާއެކު ނަމަވެސް، އެ މަސައްކަތް ކުރުމުގެ ސަބަބުން ސިސްޓަމް ތަންފީޒުކުރުން ފަސޭހަވެގެން ދިޔަ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިކަހަލަ ކަންކަމަށް ޤާނޫނީ ފްރޭމްވޯކެއް ހެދިފައި ނެތްކަން. ހާއްސަކޮށް، ހިދުމަތްދޭ ފަރާތްތަކާއި ޕޭޝަންޓުންނަށް،" އަފްއާލް ވިދާޅުވި އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ ސިމްޕޯޒިއަމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލެއްގެނައުމުގެ މަސައްކަތް ފެށުމަށް ކަމަށް އަފްއާލް ފާހަގަކުރެއްވި އެވެ. ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި ސިއްހީ ހިދުމަތްތައްދޭ އަމިއްލަ ފަރާތްތަކާ ގުޅިގެން ބާއްވާ ސިމްޕޯޒިއަމްގައި ޑރ. ސާރާ ޑެލްޓަން، ޑރ. އާރން ޕޯލްސްޓްރޮޕް، ޑރ. ޓްރޭސީ ޓޭ، ޑރ. ފައިސަލް ސައީދްގެ އިތުރުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން ރަޝީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު