Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސްގައި ރޮނާލްޑޯ މަޑުކުރުން

ޔުވެންޓަސްގައި ރޮނާލްޑޯ ހުރީ އުފަލުން: މެދީރާގެ ރައީސް

15 އެޕްރީލު 2020 | ބުދަ 09:11

"ރޮނާލްޑޯ ޔުވެންޓަސްގައި އަދި ދެ ތިން އަހަރު މަޑު ކުރާނެ"

އަތޫފް އާތިފް
އަތޫފް އާތިފް | 15 އެޕްރީލު 2020 | ބުދަ 09:11
ކްރިސްޓިިއާނޯ ރޮނާލްޑޯ

ކްރިސްޓިިއާނޯ ރޮނާލްޑޯ

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ޔުވެންޓަސްގައި ހުރީ އުފަލުން ކަމަށް އޭނާގެ އުފަން ރަށް މެދީރާގެ ރައީސް ރުއި އަލްވޭސް ވިދާޅުވެއްޖެއެވެ.

އަލްވޭސް މިހެން ވިދާޅުވިއިރު ރޮނާލްޑޯގެ ކުރީގެ ކްލަބު ރެއާލް މެޑްރިޑުން އޭނާއަށް އަލުން ބިޑުކުރަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

އަލްވޭސް ވިދާޅުވީ ރޮނާލްޑޯ ޔުވެންޓަސްގައި ހުރީ އުފަލުން ކަމަށާއި އޭނާ ޔުވެންޓަސްގައި އަދި ދެތިން އަހަރު ހޭދަކުރާނެ ކަމަށެވެ. އަލްވޭސް އިތުރަށް ވިދާޅުވީ އޭނާ ބޭނުންވަނީ ރޮނާލްޑޯ ޔުވެންޓަސް އާއެކު ބަލޮންޑޯ އެވޯޑާއި ޔުއެފާ ޗެމްޕިއަންސް ލީގު އުފުލާލުން ކަމަށާއި، ރޮނާލްޑޯގެ ޓާގެޓަކީވެސް އެއީ ކަމަށެވެ.

އަލްވޭސް ވަނީ ލޮކްޑައުންގެ މުއްދަތުގައި ރޮނާލްޑޯއަށް މެދީރާ ނެޝަނަލް ސްޓޭޑިއަމްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފައެވެ. މިކަމާއި ބެހޭ ގޮތުން އަލްވޭސް ވިދާޅުވީ ރޮނާލްޑޯއަށް މި ހުއްދަ ދިނީ އޭނާ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔަކަށްވުމާއި، ރޮނާލްޑޯ އުމުރު މަތިވުމާއެކު އެއް ލެވަލްއެއްގައި ހުރުމަށް ރޮނާލްޑޯ ބޭނުންވާތީ ކަމަށެވެ.

މީގެ ކުރިން ހުއްދައާ ނުލައި މެދީރާ ނެޝަނަލް ސްޓޭޑިއަމްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުން ރޮނާލްޑޯއަށް ވަނީ ނަސޭހަތް ދީފައެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ ހުރީ އުފަލުން ކަމަށް ރުއި އަލްވޭސް ވިދާޅުވިއިރު، ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އަލުން އެނބުރި ރެއާލްއަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ކައިރީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ސީޒަންގެ ކުރީ ކޮޅު ރޮނާލްޑޯ އާއި ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީއާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުޅުނު ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެކަމަކު ސާރީ ވަނީ ފަހުން ރޮނާލްޑޯއާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ރެއާލަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ރޮނާލްޑޯ ވަނީ ރެއާލްގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ބަލަން ސްޕެއިނަށް ގޮސްފައެވެ. އަދި އެ މެޗުގެ ހާފް ޓައިމްގައި ރޮނާލްޑޯ ވަނީ ރެއާލްގެ ކުޅުންތެރިންނާއި ބައްދަލުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
05 މާރިޗު 2017

ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި

05 މާރިޗު 2017
ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް