Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:47

އީރާނުގެ ނިއުކްލިއާ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ހުޅަނގުގެ ގައުމުތަކުން ކުރާ މަސައްކަތަކީ ގާނޫނީ ބިންގަލެއް ނެތް ކަމެއް ކަމަށް ބުނެ އީރާނާއި، ރަޝިޔާ އަދި ޗައިނާއިން އެކަން ކުށްވެރިކޮށްފި. މި ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ އީރާނަށް ފިއްތުންތައް ކުރިމަތިކުރުވައި މަސްރަހު ގޯސްކުރުމަށް ހިންގާ އަމަލެއް ކަމަށާއި، މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ މަޝްވަރާގެ މަގު އިޚްތިޔާރުކުރުން ކަމަށް

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:47
ވެންޓޯއިން އާންމުކޮށްފައިވާ އީރާނުގެ ނަތާންޒް ނިއުކްލިއަރ ފެސިލިޓީގައި ހުންނަ ސެންޓްރިފިއުޖް އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް

ވެންޓޯއިން އާންމުކޮށްފައިވާ އީރާނުގެ ނަތާންޒް ނިއުކްލިއަރ ފެސިލިޓީގައި ހުންނަ ސެންޓްރިފިއުޖް އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް | ގެޓީ އިމޭޖަސް

އީރާނުގެ ނިއުކްލިއާ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ބޯޑް އޮފް ގަވަރނާސް އިން ތައްޔާރުކުރި ގަރާރަކީ ޣައިރު ގާނޫނީ އެއްޗެއް ކަމަށް ބުނެ، ރަޝިޔާ އާއި ޗައިނާއިން އީރާނާ އެކު އެ ގަރާރު ބޭރުކޮށްލައިފި އެވެ. މި ގަރާރަކީ އީރާނުން އެ އެޖެންސީގެ ގަވާއިދުތަކަށް އަމަލުނުކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރެކެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ހުށަހެޅި މި ގަރާރަކީ އެއްވެސް އޮއްޓަރެއް ނެތް އެއްޗެއްގެ ގޮތުގައި ސިފަކޮށް، ތިން ގައުމުން ގުޅިގެން ނެރުނު ބަޔާނެއް އީރާނުގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ވަނީ އާންމުކޮށްފަ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ، 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއާ އެއްބަސްވުން ނުވަތަ ޖޭސީޕީއޯއޭގެ ދަށުން "ސްނެޕްބެކް" މެކޭނިޒަމް އިއާދަކުރުމަކީ ގާނޫނީ ބިންގަލެއް ނެތް ކަމެއް ކަމަށެވެ. ސަބަބަކީ ޖޭސީޕީއޯއޭ އަށް ތާއީދުކޮށް މީގެ 10 އަހަރަށް ވުރެ ކުރިން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގެ މުއްދަތު 2025 އޮކްޓޫބަރު 18 ގެ ނިޔަލަށް ހަމަވެފައިވާތީ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި އާ ގަރާރަކީ މިކަން ހުށަހެޅި ގައުމުތަކުން އީރާނަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވައި، އީރާނާއި އައިއޭއީއޭ އާ ދެމެދު އޮތް އެއްބާރުލުން ހީނަރުކުރުމަށް ކުރާ އިތުރު މަސައްކަތެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހަށް މި މައްސަލަ ރިފަރ ކުރުމަށް ނިންމި ނިންމުމަކީ ގާނޫނީ ހަމަތަކާ ޚިލާފު، މަސްރަހު އިތުރަށް ގޯސްކުރުމަށް ކުރާ ކަމެއް ކަމަށާއި، މިއީ ޑިޕްލޮމެސީގެ މަގުން ކަންކަން ހައްލުކުރުމަށް އެ ގައުމުތަކުން ބުނާ ބުނުމާ ފުށުއަރާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާނީ އަމަލުތަކުގެ ސަބަބުން ގައުމުގެ ހާލަތު ބަދަލުވެފައިވީ ނަމަވެސް، އީރާނުން އައިއޭއީއޭ އާއެކު ރަނގަޅު ފެންވަރެއްގެ އެއްބާރުލުމެއް ދެމުންދާކަން އީރާނާއި ޗައިނާ އަދި ރަޝިޔާއިން ވަނީ ތަކުރާރުކޮށްފަ އެވެ.

އެމެރިކާއިން މެދުނުކެނޑި އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އައިއޭއީއޭ އިން އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އެހެންނަމަވެސް، އީރާނުން އެ އެޖެންސީއާއެކު ބިނާކުރުވަނިވި އަދި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުމުގެ ސިޔާސަތު ދަމަހައްޓަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

"މިހާރު އުފެދިފައިވާ ހާލަތުގެ އަސްލު ސަބަބަކީ އީރާނަށް ދެމުންދާ ހަމަލާތައް ކަމަށް ވީނަމަވެސް، މި ގަރާރުގައި އެ ހަމަލާތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ސަރީހަބަހުން ބަޔާންކޮށްފައެއް ނުވޭ،" ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކުރެވެން އޮތް ހަމައެކަނި މަގަކީ، އެ ގައުމަށް ކުރިމަތިކުރަމުން ގެންދާ ހަމަލާތަކާއި ބިރުދެއްކުންތައް ހުއްޓާލައި، ހަމައެކަނި މަޝްވަރާ އާއި ޑިޕްލޮމެސީގެ ޒަރީއާއިން މައްސަލަ ހައްލުކުރުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އީރާންއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާން-އެމެރިކާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ތެޔޮ ޓޭންކަރުތަކަށް ހަމަލާތައްދޭން ފެށުމާއެކު އީރާން ހަނގުރާމަ ނުރައްކާތެރި މަރުހަލާއަކަށް ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

10 ސެޕްޓެމްބަރު 2026
ތެޔޮ ޓޭންކަރުތަކަށް ހަމަލާތައްދޭން ފެށުމާއެކު އީރާން ހަނގުރާމަ ނުރައްކާތެރި މަރުހަލާއަކަށް ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ
10 ސެޕްޓެމްބަރު 2026

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

10 ސެޕްޓެމްބަރު 2026
އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ
09 ސެޕްޓެމްބަރު 2026

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

09 ސެޕްޓެމްބަރު 2026
އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި
09 ސެޕްޓެމްބަރު 2026

އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި
08 ސެޕްޓެމްބަރު 2026

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

08 ސެޕްޓެމްބަރު 2026
އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި
08 ސެޕްޓެމްބަރު 2026

އީރާނުގެ ބަސީޖް ފޯސްގެ ކޮމާންޑަރަކު މަރާލައިފި

08 ސެޕްޓެމްބަރު 2026
އީރާނުގެ ބަސީޖް ފޯސްގެ ކޮމާންޑަރަކު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް