Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްތިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

އެންމެ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ރެނާޓޯ ސަންޗޭޒް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 19:51
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތް އެޓީމާއެކު ކާމިޔާބުކުރި ކްރިސްތިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.

ހޯމަ ދުވަހު ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ އަށް ލިބިފައިވަނީ އޭނާއާ އެއް ކްލަބަކަށް ކުޅެމުން އަންނަ ޕެޕޭއާ އަދި ސްޕޯޓިން ސިޕީގެ ގޯލް ކީޕަރު ރުއީ ޕެޓްރީސިއޯއާ ވާދަކޮށްގެންނެވެ.

މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި 16 ލަނޑު ކާމިޔާބުކޮށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް ޕޯޗުގަލް އިން ކާމިޔާބުކުރިއިރު، ރޮނާލްޑޯ އެޓީމު މެޗުތަކު މޮޅުކޮށްދޭން އަދާކުރި ރޯލު ވަރަށް ބޮޑެވެ. ފައިނަލް މެޗުގައި އޭނާ އަށް އަނިޔާވި ނަމަވެސް ބެންޗުގައި ހުރެޓީމަށް ހިތްވަރު ދީފައިވެއެވެ.

އެވޯޑާ ހަވާލުވުމަށްފަހު ރޮނާލްޑޯ ބުނީ މިދިޔަ އަހަރަކީ އޭނާގެ ކެރިޔަރުގައި ވަރަށް އުފާވެރި އަހަރެއް ކަމަށާއި، ޔޫރޯ މުބާރާތަކީ މުޅި ކެރިޔަރުގައިވެސް ނުލިބި އޮތް ހަމައެކަނި މުބާރާތް ކަމަށެވެ. އެގޮތުން އެ މުބާރާތް ކާމިޔާބުކުރެވުމުން ހުވަފެންތައް ހަގީގަތަކަށް ހެދިއްޖެ ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ ވަނީ ޔޫރޯ މުބާރާތް ޕޯޗުގަލް ޓީމަށް ކާމިޔާބުކޮށްދޭން އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

މިދިޔަ ސީޒަނުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ބަޔާން މިއުނިކްގެ ރެނާޓޯ ސަންޗޭޒް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޗޭޒް އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު