Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ރޮނާލްޑޯ މި މަގާމު ހޯދީ ލިއޮނެލް މެސީ އާއި އެންޓޮއިން ގްރިޒްމަން އާ ވާދަކޮށްގެން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 ޖެނުއަރީ 2017 | ބުދަ 01:19
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) އިން އަލަށް ތައާރަފްކުރި ބެސްޓް ފީފާ އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމް ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ޕޯޗުގަލް ގައުމީ ޓީމުގެގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ. ސްވިޒަލޭންޑްގެ ޒިއުރިކްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އުމުރުން 31 އަހަރުގެ ކެޕްޓަން ރޮނާލްޑޯ މި މަގާމު ހޯދީ ބާސެލޯނާގެ ލިއޮނެލް މެސީ އާއި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އާ ވާދަކޮށްގެންނެވެ.

ފީފާއިން ހޮވި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމް 34.54 ޕަސަންޓް ވޯޓުން ރޮނާލްޑޯ އަށް ލިބުނު އިރު ބާސެލޯނާ އަދި އާޖެނޓީނާގެ ސްޓްރައިކާ ލިއޮނަލް މެސީއަށް ލިބިފައިވަނީ 26.42 ޕަސެންޓް ވޯޓެވެ. އަދި އެތްލެޓިކޯ މެޑްރިޑް ފްރާންސްގެ ގައުމީޓީމަށް ކުޅެމުން އަންނަ އެންއިން ގްރިޒްމަން އަށް ލިބިފައިވަނީ 7.53 ޕަސެންޓެވެ.

އެވޯޑް ލިބުނު ރޮނާލްޑޯ ބުނީ 2016 ވަނަ އަހަރަކީ އޭނާގެ ހަޔާތުގައި ވަރަށް ކާމިޔާބު އަދި ހަނދާނުން ފިލައިގެން ނުދާނެ އަހަރެއް ކަމަށެވެ. މިދިޔަ އަހަރު ކާމިޔާބީތައް ލިބުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

"އަހަންނަށް ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެންގެ އާއިލާ އާއި، އަހަރެންނާއެކު މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނާއި ސްތާފުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަހަރެންނަށް ކޮށްދިން ކަންތަކަށް. 2016 ވަނަ އަހަރީ އަހަރެންގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރު" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯއަށް މިއެވޯޑް ލިބުނުއިރު، އޭނާ ވަނީ މި ދިޔަ އަހަރު ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު އަދި ޕޯޗުގަލް އާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން މިދިޔަ އަހަރު ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކީ، ދާދި ފަހުން އޭނާއަށް ވަނީ ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑު ވެސް ލިބިފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު