Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް އިންޑިޔާއިން ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ

10 އެޕްރީލު 2020 | ހުކުރު 23:55

އިންޑިޔާއިން މިވަނީ މި ޑްރަގް އެކްސްޕޯޓްކުރާނެ 13 ގައުމެއް ހިމެނޭ ލިސްޓެއް އާންމުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އެޕްރީލު 2020 | ހުކުރު 23:55
ކޮވިޑަށް ފަރުވާދިނުމަށް ބޭނުންކުރާ އެންޓި މެލޭރިޔާ ޑްރަގް

ކޮވިޑަށް ފަރުވާދިނުމަށް ބޭނުންކުރާ އެންޓި މެލޭރިޔާ ޑްރަގް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް ނުވަތަ ހައިޑްރޮސިކްލޮރޯކުއިން އުފައްދަމުންދާ އަވަށްޓެރި އިންޑިޔާއިން އެ ޑްރަގް އެކްސްޕޯޓްކުރާ ގައުމުގެ ތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

ކޮވިޑް-19 ފެތުރެމުންދާތީ އިންޑިޔާގައި އުފައްދާ އެންޓި މެލޭރިޔާ ޑްރަގް އެކްސްޕޯޓްކުރުން ވަނީ މެދުކަނޑާލާފައެވެ. ކޮވިޑް-19 އިންޑިޔާގައިވެސް އަންނަނީ ފެތުރެމުންނެވެ. އެހެންނަމަވެސް އިންޑިޔާއިން މިވަނީ މި ޑްރަގް އެކްސްޕޯޓްކުރާނެ 13 ގައުމެއް ހިމެނޭ ލިސްޓެއް އާންމުކޮށްފަ އެވެ. މިލިސްޓުގެ ކުރީގައި އުޅެނީ ސަރަހައްދީ ގައުމުތަކަށްވާއިރު މި ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ. ސަރަހައްދީ ގައުމުތަކުގެ ތެރެއިން މި ޑްރަގް ދޫކުރުމަށް އިންޑިޔާއިން ނިންމާފައިވަނީ ނޭޕާލް، ބޫޓާން ،އަފްޣާނިސްތާން ، ދިވެހިރާއްޖެ އަދި ބަންގްލަދޭޝް އެވެ.

Advertisement - newsAdvertisement

ރާއްޖެއިން އެކަމަށް އެދުމުން މި ޑްރަގް ދޫކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައިވެސް ވަނީ ލިސްޓުގައި ރާއްޖެ ހިމެނުމުން އެކަމަށް އިންޑިޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭންވެސް ކޮވިޑް-19 ފެނިފައިވާއިރު ފަރުވާއެއްގެ ގޮތުގައި ރާއްޖޭގައި ވެސް ބައެއް ހާލަތުގައި އެންޓި މެލޭރިއާ ޑްރަގް ބޭނުންކުރާނެ ކަމަށް ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ އިސް ޓީމު ކަމަށް ވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެންޓި މެލޭރިއާ ޑްރަގް ނުވަތަ ހައިޑްރޮސިކްލޮރޯކުއިން މިހާރުވެސް ބައެއް ގައުމުތަކުގައި ކޮވިޑް-19 އަށް ފަރުވާދޭން އަންނަނީ ބޭނުންކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 19 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު މިހާތަނަށް 13 މީހަކު ވަނީ ރަނގަޅުކުރެވިފަ އެވެ. އަދި މިހާރު 4 މީހަކަށް ރާއްޖޭގައި ފަރުވާދެމުން އަންނައިރު މިއެންމެންނަކީވެސް ދިވެހިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް