Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތެޔޮ އުފެއްދުން މަދުކުރުން

ތެޔޮ އުފައްދާ މިންވަރު މަދުކުރަން ރަޝިއާ އާއެކު އޯޕެކުން އެއްބަސްވުމަކަށް އާދެވިއްޖެ

ޖުލައި މަހާ ހަމައަށް ދުވާލެއްގެ މައްޗަށް އުފައްދާ މިންވަރު 10 މިލިއަން ފީފާ މަދުކުރަން އެއްބަސްވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2020 | ހުކުރު 10:23
ސާފު ނުކުރާ ތެޔޮ އުފައްދާ ކާރުހާނާއެއް

ސާފު ނުކުރާ ތެޔޮ އުފައްދާ ކާރުހާނާއެއް

ދުނިޔޭ ގެ ބާޒާރު ގައި ތެލަށް އޮތް ޑިމާންޑު ދަށްވުމާއި ގުޅިގެން، ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކް އާއި ރަޝިއާ އިން އެއްބަސްވުމަކަށް އައިސްފި އެވެ.

އޯޕެކް އާއި ރަޝިއާ އިން އެއްބަސްވެފައިވާ ވަނީ ޖޫން މަހުގެ ނިޔަލަށް، ދުވާލެއްގެ މައްޗަށް އުފައްދާ ތެޔޮ ފީފާ ގެ އަދަދު 10 މިލިއަން ފީފާ އިން މަދުކުރުމަށެވެ. މިއީ ތެޔޮ އުފައްދާ ގައުމުތަކުން، ދުވާލެއްގެ މައްޗަށް އުފައްދާ ތެޔޮ ފީފާގެ އަދަދު މިހާ ބޮޑު އަދަދަކަށް މަދުކުރަން ނިންމި ފުރަތަމަ ފަހަރެވެ.

މިއީ ޖުމްލަ ތެޔޮ އުފައްދާ ނިސްބަތަށް ބަލާއިރު، 10 އިންސައްތައިގެ ދަށް ވުމެކެވެ. ނަމަވެސް، މިއީ ޑިމާންޑު ދަށަށް ގޮސްފައިވާ އަދަދާ އަޅާ ބަލާއިރު، އެކަށީގެންވާ އަދަދެއް ނޫން ކަމަށް މާހިރުން ވަނީ ބުނެފަ އެވެ. ކޮރޯނާވައިރަސް ބަލިމަޑުކަމާއި ގުޅިގެން، ދުނިޔޭގެ ބާޒާރު ގައި ތެލަށް އޮތް ޑިމާންޑު ވަނީ ބޮޑު ތަނުން ދަށަށް ގޮސްފަ އެވެ. އަދި މިއީ، ތެލުގެ އަގުތައް މަތިކުރަން މެދުވެރިއަކަށް ވެދާނެ ނިންމުމަކާއި މެދު، މާހިރުން ވަނީ ސުވާލު އުފައްދާފަ އެވެ.

މި އެއްބަސްވުމަށް އާދެވިފައި ވަނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމަކަށް ފަހުގަ އެވެ. މި ބައްދަލުވުމު ގައި އޯޕެކް ގެ ގައުމުތަކަށް ނިސްބަތްވާ ގައުމުތަކުގެ ތެލާ ބެހޭ ވަޒީރުންނާއި، އޯޕެކް ނޫން ތެޔޮ އުފައްދާ ގައުމުތަކުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދެއްކެވި އޯޕެކް ގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ސަނޫސީ ބަރކިންދޯ ވަނީ ތެލުގެ އަގު ދަށަށް ދިއުމާއި، ޑިމާންޑު ދަށް ވަމުންދާ މައްސަލައި ގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ތެޔޮ އުފައްދާ ގައުމު ތަކުގެ މި ވަގުތުގެ ހާލަތު ބަރކިންދޯ ސިފަކުރެއްވީ، "ލޭ މަނާ ނުވެ، ލޭ ބޭރުވަމުންދާ" ސިނާއަތެއްގަ ގޮތުގަ އެވެ.

މާހިރުން ކޮށްފައިވާ އަންދާޒާ ތަކަށް ރިއާޔަތް ކުރައްވާ ބަރކިންދޯ ވިދާޅުވީ، ދުވާލެއްގެ މައްޗަށް އުފައްދާ ތެޔޮ ފީފާ ގެ އަދަދު ގެ ތެރެއިން 12 މިލިއަން މަދުކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު އުފައްދާ މިންވަރަށް ތެޔޮ އުފައްދާ ނަމަ، ޑިމާންޑަށް ވުރެ އިތުރަށް ދުވާލެއްގެ މައްޗަށް 14.7 މިލިއަން ތެޔޮ ފީފާ އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އެއްބަސްވެފައިވާ ގޮތުން ނަމަ، ޖުލައި މަހަށް ފަހު ދުވާލެއްގެ މައްޗަށް އުފައްދާ ތެޔޮ ފީފާ ގެ އަދަދު 8 މިލިއަން ދަށްކުރަން ޖެހެ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ އެޕްރިލް މަހާ ހަމައަށް ދުވާލެއްގެ މައްޗަށް އުފައްދާ ތެޔޮ ފީފާގެ އަދަދު 6 މިލިއަން ދަށްކުރަން ޖެހެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން މެކްސިކޯ އިން ވަނީ އެއްބަސްވުމު ގެ މުއްދަތާ ދޭތެރޭ ސުވާލު އުފައްދާފަ އެވެ. މެކްސިކޯއަކީ އޯޕެކްގެ މެމްބަރު ގައުމެއް ނޫނެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނުޖެހޭ ގައުމުތަކުގެ ތެރޭގައި އީރާން، ލީބިއާ އަދި ވެނެޒުއޭލާ ހިމެނެ އެވެ. އެ ގައުމުތަައް އިސްތިސްނާ ވެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވުމާއި، ދާހިލީ ހަމަނުޖެހުންތަކާއި ގުޅިގެން ތެޔޮ އުފައްދާ މިންވަރު ދަށްވެފައި ވުމުގެ ސަބަބުންނެވެ.

އޯޕެކް އާއި ރަޝިއާ އިން އެއްބަސްވުމަކަށް އާދެވިފައި ވަނީ، ތެޔޮ އުފައްދާ މިންވަރު މަދުކުރަން ބާރުއަޅާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރަޝިއާގެ ރައީސް ވްލަޑަމިރް ޕޫޓިން އަދި ސައުދީ ރަސްގެފާނު ސަލްމާން އާ ފޯނުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރައިފި

ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރައިފި

16 ޖެނުއަރީ 2018
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

16 އޮކްޓޯބަރު 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު