Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތެލުގެ ބާޒާރު

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017 | ހޯމަ 14:41

ތެޔޮ އުފައްދާ މިންވަރު ދަށްކުރީ ތެލުގެ އަގު ހަމަޔަކަށް އެޅުވުމަށް

ރާއްޖެ އެމްވީ | 15 މެއި 2017 | ހޯމަ 14:41
ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ އުފައްދާ ކާރުޚާނާ

ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ އުފައްދާ ކާރުޚާނާ | ގޫގުލް

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ އޯޕެކް އިން އިސް ނަގައިގެން އެކުލަވާލި ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ސައުދީ އަރަބިއްޔާ އާއި ރަޝިއާ އިން ނިންމިކަން އެ ދެ ގައުމުގެ ހަކަތައާ ބެހޭ މިނިސްޓަރުން އިއުލާނު ކުރެއްވުމާއެކު ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި %2 މައްޗަށް އުފުލިއްޖެއެވެ.

ހަ މަސް ދުވަހުގެ މުއްދަތައް ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތެޔޮ އުފެއްދުން މަދު ކުރަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ.

ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު ޚާލިދު އަލް ފާލިހް އާއި ރަޝިޔާގެ ހަކަތައާ ބެހޭ ވަޒީރު އެލެގްޒެންޑަރ ނޮވަކް ދެ ބޭފުޅުން ޗައިނާގެ ބެއިޖިންގ ގައި ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވީ، 2018 ގެ މާޗް މަހާ ހަމައަށް ތެޔޮ އުފެއްދުން މަދު ކުރުމަށް ކަނޑައަޅާފައި އޮތް އޮތުން ދަމަހައްޓަވާނެ ކަމަށެވެ.

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ އޯޕެކްގައި ހިމެނޭ 24 ގައުމަކުން ހުސްވި އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވީ ތެލުގެ އަގު ހިފެހެއްޓުމުގެ ގޮތުން ދުވާލަކު އުފައްދާ މިންވަރުން 1.2 މިލިއަން ފީފާ މަދު ކުރުމަށެވެ. އޯޕެކްގައި ނުހިމެނުނު ނަމަވެސް ރަޝިއާއިން ވެސް ވަނީ މި އެއްބަސްވުމަށް އިހްތިރާމް ކޮށް ތެޔޮ އުފެއްދުން މަދު ކުރުމުގައި ބައިވުމަށް ނިންމާފައެވެ. ރަޝިއާވެސް ހިމެނޭ ގޮތުން އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ ގައުމުތަކުން އެއްބަސްވީ ދުވާލަކު ހަ ލައްކަ ފީފާ ތެޔޮ އުފެއްދުން މަދު ކުރުމަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކީ ރަޝިއާއެވެ. އަދި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ ސައުދީ އަރަބިއްޔާއެވެ.

އޮޕެކްގެ މެމްބަރު ގައުމުތަކުން ތެޔޮ އުފެއްދުން މަދުކުރުމަށް ހަ މަސް ދުވަހުގެ މުއްދަތައް ވެފައިވާ އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް މިމަހު ފަހު ކޮޅު ވިއެނާގައި ބައްދަލު ކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް ކަނޑައެޅި ތެޔޮ އުފެއްދުން މަދު ކުރުމުގެ ޕްލޭންގެ މުއްދަތު ހަމަވުމުން ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ މި ބައްދަލުވުމުގައި ކަމަށް ޚަބަރު ތައް ބުނެއެވެ.

ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިގޭ ބާޒާރުގައި މިހާރު ހުރީ 51.59 ޑޮލަރަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
19 ފެބުރުއަރީ 2017

ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

19 ފެބުރުއަރީ 2017
 ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް