Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފެނަކަ

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގެ ދަށުން ފެނަކަ އަށް ބޭނުންވާ ހުރިހާ ތެލެއް ހަމައެކަނި ގަންނާނީ އެސްޓީއޯއިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 10 އެޕްރީލު 2017 | ހޯމަ 12:58
ފެނަކަ އަށް ތެޔޮ ގަތުމަށް އެސްޓީއޯއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެެއިން

ފެނަކަ އަށް ތެޔޮ ގަތުމަށް އެސްޓީއޯއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެެއިން

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ނޫން ތަނަކުން ތެޔޮ ނުގަނެވޭ ގޮތަށް ފެނަކައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. އަދި ފެނަކަ ކޯޕްރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ.

ފެނަކައިން އެސްޓީއޯއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ފެނަކަ އަށް ބޭނުންވާ ހުރިހާ ތެލަށް ހަމައެކަނި ގަންނާނީ އެސްޓީއޯއިންނެވެ. އަދި ފެނަކައިގެ ތެޔޮރައްކާ ކުރާ ތާނގީތަކުގައި ތެޔޮ ހުންނަ މިންވަރު ބަލާ ރެގިޔުލޭޓް ކުރާނެ ނިޒާމްތައް ގާއިމް ކޮށް މެއިންޓެނެންސް ބަލަހައްޓާނީ ވެސް އެސްޓީއޯއިންނެވެ.

އެއްބަސްވުމާ ބެހޭ ގޮތުން ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ ފެނެކައިން ކަރަންޓް ފޯރުކޮށްދޭ 148 ރަށަށް އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން ތެޔޮ ފޯރުކޮށްދޭނީ އެސްޓޯއީއިން ކަމަށެވެ. އަދި ފެނަކައިން ކަރަންޓް ފޯރުކޮށްދޭ ހުރިހާ ރަށެއްގައި ވެސް ތެޔޮ ރައްކާ ކުރާނެ ނިޒާމް އެސްޓީއޯއިން ގާއިމް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެސްޓީއޯއާއެކު ވެވުނު އެއްބަސްވުމަކީ ވަކި މުއްދަތެއް ނެތް ގޮތަށް ވެވުނު އެއްބަސްވުމެއް ކަމަށާއި އަދި ފެނަކައަށް އެސްޓީއޯއިން ގަންނަ ތެލަށް ފައިސާ ދައްކަން ޖެހޭނީ ތެޔޮ ފޫރުކޮށްދިނުމަށް ފަހު އެސްޓީއޯއިން އިންވައިސް ކުރުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

އައިޓީއެފްސީ އާއި އެސްޓީއޯއާ ދެމެދު ފައިނޭންސް އެއްބަސްވުމެއްގައި ސޮއިކޮށްފި

28 ޑިސެމްބަރު 2017
އައިޓީއެފްސީ އާއި އެސްޓީއޯއާ ދެމެދު ފައިނޭންސް އެއްބަސްވުމެއްގައި ސޮއިކޮށްފި
16 އޮކްޓޯބަރު 2017

ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

16 އޮކްޓޯބަރު 2017
ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!
02 އޮކްޓޯބަރު 2017

އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

02 އޮކްޓޯބަރު 2017
އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު